Ads by Stelco

ޚަބަރު

ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ބިންގާ އެޅުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 07:39

04 ނޮވެމްބަރު 2025، 07:39

ފުވައްމުލައް ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމަށްޓަކައި މިއަދު ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހައުސިންގ ޔުނިޓުތަކުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ދާއިރާތައް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، މި ދެ ސިޓީގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްތަކުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެބޭފުޅުންގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން