ޚަބަރު
ހުޅުމާލޭގެ ފަޅުތެރޭން ބިންހިއްކަމުންގެންދާ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރު އެޅުމަށް ސަރަހައްދުތަކެއް ކަނޑައަޅައިފި
ހުޅުމާލެ ފަޅުތެރެއިން ހުސްކުރުމަށް ބޭނުންވާ ސަރަހައްދު
ހުޅުމާޅެ ފަޅުތެރެއިން ބިންހިއްކަމުންގެންދާ ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރު އެޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައި އިޢުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ހުޅުމާލެ 3ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް، ބިންހިއްކަމުންދާ ސަރަޙައްދުގައި މަސައްކަތްތަކަށް ދަތިވާގޮތައް އަޅައިފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް ކުރިން ކުރެވުނު އިޢުލާނާ އެއްގޮތައް، ހުޅުމާލެ ފަޅުތެރެ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ޚާއްސަ ސަރައްހަދުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
އެޢިއުލާނުގައި ބުނެފައިވަނީ ހިއްކަން ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅައިފައިވާ އުޅަނދުތައް 6 ނޮވެމްބަރު 2025 ގެ 00:00ގެ ކުރިން އެސަރަޙައްދުން ނަގައި، ބިން ހިއްކުން ނިމެންދެން އެސަރަޙައްދުގައި އުޅަނދުފަހަރު ނޭޅުމަށެވެ.
އެޗްޑީސީއިން ވަނީ އެސަރަޙައްދުގައި އަޅައިފައިހުރި ސަފާރީ އުޅަނދުތައް އެޅުމަށް ކ.ކުޑަގިރި، ކ.ގުޅީފަޅު އަދި ކ.ތިލަފުށީގެ ފަޅުތެރެއިން ބައެއް ހަމަޖައްސައިފައެވެ.
މީގެއިތުރުން ދޯނިފަހަރާއި އެހެން އުޅަނދުފަހަރު އެޅުމަށް ކ.ގުޅިފަޅާއި ކ.ތިލަފުށި ފަޅުތެރެއިން ވަކި ސަރަޙައްދެެއް ވަނީ ކަނޑައަޅައިފައެވެ.