Ads by Stelco

ޚަބަރު

ނުޤަވާޢިދަށް ރާއްޖޭގައި އުޅެމުންދިޔަ 5 ބިދޭސީއަކު ހައްޔަރަށް

ނުޤަވާޢިދަށް ރާއްޖޭގައި އުޅެމުންދިޔަ 5 ބިދޭސީއަކު ހައްޔަރަށް

ޤަވާޢިދާ ޚިޔާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން.

farudhun logo

ފަރުދުން

05 ނޮވެމްބަރު 2025، 05:50

05 ނޮވެމްބަރު 2025، 05:50

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5 ބިދޭސީއަކު ހޯދައި، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި، މި ބިދޭސީން ހައްޔަރުކުރީ، މާލޭގައި ހުންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަންގެ މަޤުޞަދަކީ ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ އަދި ޞައްޙަ ވިސާއެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުން ކަމުގައެވެ. މި ގޮތުން، އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މާލޭގެ 8 ކެފޭއެއް ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ނުޤަވާޢިދަށް އުޅެމުންދާ ކަން އެނގިފައިވާ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ އާބާދުވެފައިވާ ހުރިހައި ރަށަކަށް ސަރުކާރުން ވަނީ ފުޅައުކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގަ ތިބި އެންމެހައި ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް އެއްކޮށް، ބިދޭސީންގެ މައްސަލަތައް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޙައްލު ކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން