Ads by Stelco

ޚަބަރު

މާލެ ސިޓީގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުރި 70 އުޅަނދު ޓޯވކޮށްފި

މާލެ ސިޓީގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުރި 70 އުޅަނދު ޓޯވކޮށްފި

މާލެ ސިޓީގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުރި 70 އުޅަނދު ޓޯވކޮށްފި.

farudhun logo

ފަރުދުން

05 ނޮވެމްބަރު 2025، 05:51

05 ނޮވެމްބަރު 2025، 05:51

މާލެސިޓީގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައި ހުރި 70 އުޅަނދު ޓޯވކޮށްފިއެވެ.

މި ކަމާ ބެހޭ ގޮތުން ފުލުހުން ހާމަކުރީ، ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުއްޓައި ޓޯވްކުރީ 2 ފުރޮޅުލީ 70 އުޅަނދު ކަމަށެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ ސިޓީގެ މަގުތަކުގައި ޢާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.

ފުލުހުން އިލްތިމާސްކުރަނީ، ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަޙައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި، ޕާކްކުރުމަށްޓަކައި ޚާއްޞަކޮށްގެން ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ސަމާލުކަން ދިނުމަށެވެ.

މީގެ ކުރީން ވެސް، މާލޭގެ މަގުތަކުގެ ޕާކިންގ މައްސަލަ ޙައްލުކުރުމަށް އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޢާންމު ރައްޔިތުން ދެމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

ނުޤަވާޢިދުން ޕާކުކުރުމަކީ މާލެ ސަރަޙައްދުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ޕާކިންގ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ނަމަވެސް، ވެހިކަލްތައް ދުވަހުން ދުވަހަށް ގިނަވަމުންދާއިރު، އަދިވެސް މި މައްސަލައަށް އެދެވޭ ޙައްލެއް ނުހޯދެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން