Ads by Stelco

ޚަބަރު

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2025، 09:41

05 ނޮވެމްބަރު 2025، 09:41

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އާރު.އީ.އޯ.ސީ) ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދިފާޢީ ވަޒީރު ޣައްސާން މައުމޫނެވެ.

ހިތަދޫގައި ޤާއިމުކުރާ މި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ސެންޓަރު ޤާއިމުކުރެވުމުގެ މައިގަނޑު މަޤްޞަދަކީ، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިފަދަ ހާލަތްތަކުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މި ސެންޓަރުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން