Ads by Stelco

ޚަބަރު

ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކަށް

ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކަށް

އެއްބަސްވުންތަކުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 01:35

06 ނޮވެމްބަރު 2025، 01:35

ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ 31 މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަސެލޯ ނަސަންދުރާގައެވެ. މި ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އާއި މަސައްކަތް ހަވާލު ކުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ މާޙައުލު ރަނގަޅުކޮށް، ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމެވެ. ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އާ ކްލާސްރޫމްތައް އިމާރާތްކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމަށް ވެސް ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކުރެވިފައެވެ.

މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު މަޝްރޫޢުތަކަކީ:-

1- އޭއައިޖީ އިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލްގައި 8 ކްލާސްރޫމް ތަރައްޤީކުރުން

2- އޭއައިޖީ އިންވެސްޓްމަންޓް: ތ. ކަނޑޫދޫ ސްކޫލްގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން

3- އަލިތޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ލ. ހިތަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުންް

4- އަލިތޯ އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް: ރ. ރަސްގެތީމްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުން.

5- ސެންޓަލޭންޓް ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫ ސްކޫލްގެ އެޑްމިން ބްލޮކް ޤާއިމްކުރުން

6- އިވޯކާ ޕްރައިވެޓް ލިމިޓެޑް: ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން

7- އިވޯކާ ޕްރައިވެޓް ލިމިޓެޑް: 10 ސްކޫލްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.

8- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް: ނ. ކުޑަފަރީ ސްކޫލްގައި ސައިންސް ލެބަކާއި 6 ކްލާސްރޫމް ތަރައްޤީކުރުން.

9- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް: ބ. ކުޑަރިކިލު ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

10- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް: ތ. ދިޔަމިނގިލި ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

11- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް: ރާއްޖެގެ 50 ސްކޫލެއްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރުން.

12- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ށ. ނަރުދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި ކްލާސްރޫމް ތަރައްޤީކުރުން.

13- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުން.

14- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ތ. ކިނބިދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި 4 ކްލާސްރޫމް ތަރައްޤީކުރުން.

15- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ކ. ހުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

16- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ފ. މަގޫދޫ ސްކޫލްގައި ހޯލްއާއި ފެސިލިޓީސް ތަރައްޤީކުރުން

17- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން.

18- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ހދ. ނެއްލާދޫގެ އައު ސްކޫލް އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް

.19- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙްގައި 10 ކްލާސްރޫމްއާއި 2 ސައިންސް ލެބް ތަރައްޤީކުރުން

.20- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅުގެ ސްކޫލްގެ އޮފީސް އިމާރާތް ތަރައްޤީކުރުން.

21- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމްއާއި ލައިބްރަރީ ޤާއިމްކުރުން.

22- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ދ. ބަނޑިދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.

23- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމް ތަރައްޤީކުރުން.

24- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް: ރާއްޖޭގެ 15 ސްކޫލްއެއްގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން.

25- ވަލީދު ކޮންސްޓްރަކްޝަން: އއ. މާޅޮހު ސްކޫލްގައި ކްލާސްރޫމްއާއި ސައިންސް ލެބް ތަރައްޤީކުރުން.

މަތީ ތަޢުލީމް ދެ މަރުކަޒުތައް ތަރައްޤީކުރުން.

26- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.

27- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.

28- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ހިންނަވަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.

29- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ތ ވޭމަންޑޫ: އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.

މި މަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ އެކި ބެޗްތަކަށް ބަހާލައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން