Ads by Stelco

ޚަބަރު

12 ރަށެއްގައި 700 ހައުސިންގ ޔުނިޓް އަޅަން އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

12 ރަށެއްގައި 700 ހައުސިންގ ޔުނިޓް އަޅަން އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ހައުސިންގ ޔުނިޓްތައް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 02:13

06 ނޮވެމްބަރު 2025، 02:13

ރާއްޖޭގެ 12 ރަށެއްގައި 700 ހައުސިންގ ޔުނިޓް އަޅަން އަމިއްލަ ކުންފުުނިތަކަށް މިއަދު ހަވާލުކޮށްފިއެވެ. 

 މި މަޝްރޫޢުތަކަކީ ރައްޔިތުންނަށް އަމިއްލަ ގެދޮރުގެ ޔަގީންކަން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު ބައެކެވެ.

މި ޕްރޮޖެކްޓްތަކުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތައް ހަވާލުކުރައްވާފައިވަނީ އެކި އަދަދުތަކަށެވެ. އެގޮތުން 25 ހައުސިންގ ޔުނިޓާއި، 50 ހައުސިންގ ޔުނިޓާއި، 75 ހައުސިންގ ޔުނިޓާއި، އަދި 100 ހައުސިންގ ޔުނިޓްގެ ބެޗްތަކުގައި ޔުނިޓްތައް އެޅުމަށް ވަނީ ކުންފުނިތަކާ ހަވާލުކުރައްވާފައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތަފްސީލަށް ބަލާލާއިރު:- 

  • ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރަން ގްލެޓް އިންވެސްޓްމަންޓްސްއަށް
  • ދ. މީދޫގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  •  ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  • މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އޮކްސްރޯއަށް
  • ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން މިމްސް ކޮންސްޓްރަކްޝަނަށް
  • ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ވޭވްލެންތަށް
  •  ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ސްވިފްޓު އިންޖިނިއަރިންއަށް
  • ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލާފް ޕްރައިވެޓް ލިމިޓެޑަށް
  • ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން ވައިޓް ލިންކްސްއަށް
  •  ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެކްސިންކަށް
  • ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެސިންކަށް

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ސަރުކާރުން ވަނީ ރާއްޖޭގެ ޖުމްލަ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓް އެޅުމުގެ އިތުރުން، ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުވެސް ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ މި ދައުރުގެ ތެރޭގައި އަމިއްލަ ގެދޮރުގެ ޔަޤީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. އެމަނިކުފާނުގެ ލަފާފުޅު ދެއްވާފައިވާ ގޮތުގައި، 20 އަހަރަށް ބަހާލައިގެން 65,000 ގެދޮރުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަކީ މި ސަރުކާރުގެ މައިގަނޑު ވައުދެކެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން