ޚަބަރު
އއ. ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި
އައު ޖެންސެޓް ގެންދިޔުން/ފޮޓޯ: ސްޓެލްކޯ
އއ. ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 1000 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރެއް މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެރަށަށް އިތުރު ޖެންސްޓެއް ގެންގޮސްފައިވަނީ ރަށަށް އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހުއެވެ.
ސްޓެލްކޯއިން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އއ. ތޮއްޑޫ އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިއަދު އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.
އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އއ.ތޮއްޑޫ އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް… pic.twitter.com/OOmj6NX5RJ
— STELCO (@STELCOMALDIVES) November 6, 2025