ދުނިޔެ

އިސްރާއީލު ސިފައިން ޤުދުސްގެ ގެތައް ތަޅާލައި، 15 އަހަރުގެ ފަލަސްތީނުގެ ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ޤުދުސްގެ ގެތައް ތަޅާލައި، 15 އަހަރުގެ ފަލަސްތީނުގެ ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއިލް ސިފައިން ޝަހީދުކޮށްލި 15 އަހަރުގެ ކުއްޖާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ނޮވެމްބަރު 2025، 06:06

07 ނޮވެމްބަރު 2025، 06:06

އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު ހުޅަނގު އައްސޭރީގައި 15 އަހަރުގެ ފަލަސްތީނުގެ ކުއްޖަކު ޝަހީދުކޮށްލައި، ހޫޝިޔާ އާއިލާގެ ދެ ގެ ތަޅާލައިފިއެވެ. 

މިކަމުގެ ސަބަބުން 50 އެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ. މިކަންކަން  ހިންގާފައިވަނީ އިސްރާއީލުގެ ސިފައިން ހިންގި އޮޕަރޭޝަންތަކެއްގެ ތެރޭގައެވެ.

 ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހު ޖެނީންގެ ހުޅަނގުގައިވާ ޔާބަދުގައި އިސްރާއީލުގެ އަސްކަރީ ރެއިޑެއް ހިންގިއިރު، މުރާދު ފައުޒީ އަބޫ ސައިފެންގެ ހަށިގަނޑަށް ބަޑީގެ ހަތަރު ހަމަލާދީފައިވެއެވެ. އިސްރާއީލުގެ ސިފައިން ވަނީ އޭނާގެ ގާތަށް އެމްބިއުލާންސް ފޮނުވުމަށް ހުރަސް އަޅާފައެވެ.

 މިނިސްޓްރީން އިތުރަށް ބުނީ، އިސްރާއީލުގެ ސިފައިން އޭނާގެ ހަށިގަނޑު ނެގުމުގެ ކުރިން ވެސް ލޭ އޮހޮރި އޭނާ ޝަހީދުވެފައިވާ ކަމަށެވެ. 

މުރާދު ޝަހީދުވުމާއެކު ޖެނިންގައި ޖެނުއަރީ މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ. އަދި 200 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ހިފާފައިވާ އިރުމަތީ ޤުދުސްގެ ޤަތާނާގައި ހޫޝިޔާ އާއިލާގެ ދެބެންގެ ކަމަށްވާ އިޔާދު އަދި ޒިޔާދު ހޫޝިޔާގެ ގެތައް ތަޅާލާފައެވެ.

 މިކަމަށް އިސްރާއިލް ސިފައިން ދައްކާފައިވާ ބަހަނާއަކީ އެދެ ގޭގެ މަސައްކަތް ކުރުމަށް ހުއްދަ ނެތުމެވެ. ކޮންމެ ގެއެއްގެ ބޮޑުމިނުގައި 150 އަކަ މީޓަރު ހުރިއިރު، ކޮންމެ ގެއެއްގައި ވެސް ވިއްސަކަށް މީހުން ދިރިއުޅެމުން ދިޔައެވެ. 

ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގެތައް ތަޅާލާނެކަމުގެ ނޯޓިސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހޫޝިޔާ އާއިލާއަށް ދިނީ 10 އަހަރު ކުރިންނެވެ.

ޤަތާނާގައި ސެޕްޓެމްބަރު މަހުން ފެށިގެން އިސްރާއީލުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، އެ މަހު ޤުދުސްގައި އިސްރާއީލްގެ ހަމީހުން މަރާލި  ފަލަސްތީނުގެ ދެ ހަނގުރާމަވެރިޔަކު އުފަން ރަށް ކަމަށްވާ ޤަތާނާ އަދި ޤުބައިބާގައި ހުއްދަ ނެތި ބިނާކޮށްފައިވާ ހުރިހާ ގެތައް ތަޅާލުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަމުރުކޮށްފައެވެ. 

ވަފާގެ ރިޕޯޓުތަކަށް ބަލާއިރު، އޮކްޓޯބަރު މަހު ޤަތާނާގައި 25 ތަނެއްގައި ގެ ތަޅާލުމުގެ އޮޕަރޭޝަން ހިންގާފައިވެއެވެ. މީގެ ތެރޭގައި 15 މީހުން ދިރިއުޅޭ ގެ، ދެ ހުސް ގެ، އަދި 11 ދަނޑުވެރިކަމުގެ ބިންތައް ހިމެނެއެވެ.

ޖެނިން އަދި އެ ރެފިއުޖީ ކޭމްޕްގައި ޖެނުއަރީ މަހުން ފެށިގެން އިސްރާއީލުގެ ސިފައިން ވަނީ 600 އަށް ވުރެ ގިނަ ގެ ތަޅާލާފައެވެ. މިއީ ކޭމްޕްގެ 33 އިންސައްތައެވެ. އަދި 22,000 ރައްޔިތުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން