ޚަބަރު
ސަޢުދީގައި ކިޔެވުމަށް 11 ދާއިރާއަކުން ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި
ދަސްވެނިވުނު ދަރިވަރުންތަކެއް/ފޮޓޯ: ސަން
ސަޢުދީ ޢަރަބިއްޔާއިން ކިޔެވުމަށް 11 ދާއިރާއަކުން ސްކޮލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީ އިން ވިދާޅުވީ، 11 ދާއިރާއަކުން ސަޢުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ޖުމްލަ 318 ސްކޮލަރޝިޕްގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ ޤައުމުގައި ހުރެ ކިޔެވުމުގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖޭގައި ހުންނަ ސަޢުދީ އިމާން ޔުނިވަރސިޓީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ.
ސްކޮލަރޝިޕްގެ ފުރުޞަތަށް ހުޅުވާލި ދާއިރާތައް:
- ބިޒްނަސް މެނޭޖްމަންޓް
- މީޑިއާ ދާއިރާތައް
- ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
- ލޯ ސައިންސް
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
- ސޯޝަލް ސައިންސަސް
- ދަނޑުވެރިކަން
- އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް
- އިންޖީނިއަރިން މޭޖަރ
- އިސްލާމިކް ފީލްޑް ސްޓަޑީޒް
- އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް
ސަޢުދީ އެމްބަސީ އިން ވިދާޅުވީ، މި ސްކޮލަރޝިޕަށް އެދި studyinsaudi.moe.gov.sa ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.