ޚަބަރު
އުކުޅަހަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ސްޓްލްކޯއިން ގެންގޮސްފި
އައު ޖެންސެޓް ގެންދިޔުން/ފޮޓޯ: ސްޓެލްކޯ
އއ. އުކުޅަހުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 1000 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރެއް މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެރަށަށް އިތުރު ޖެންސްޓެއް ގެންގޮސްފައިވަނީ ރަށަށް އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހުގައި ކަމަށެވެ.
'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ، ޢުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އއ. އުކުޅަހަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.