Ads by Stelco

ޚަބަރު

މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ 'ފަހިރޯޅި' ބޯޓު ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ 'ފަހިރޯޅި' ބޯޓު ފަރަކަށް އަރައިފި

ފަރަށް އެރި ބޯޓު/ފޮޓޯ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ނޮވެމްބަރު 2025، 12:45

08 ނޮވެމްބަރު 2025، 12:45

މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ 'ފަހިރޯޅި' ބޯޓު ފަރަކަށް އަރާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު ވ. ފެލިދޫ ކައިރީ ފަރަކަށް އަރާފައިވާކަމުގެ މަޢުލޫމާތު މިމަހުގެ 7 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ބޯޓު ފަރަށް އެރި ވަޤުތު ބޯޓުގައު ޖުމްލަ 12 މީހުން ތިބި ކަމަށެވެ. އެއީ ދިވެއްސަކާއި 5 ބިދޭސީން ހިމެނޭހެން 6 ދަތުރުވެރިންނާއި، ބޯޓުގެ ވެރިފަރާތާއި، ކެޕްޓަން އާއި، 4 ބިދޭސީ ފަޅުވެރިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި އެންމެން ވެސް ފުލުހުންގެ އެހީތެރިކަމާއެކު ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ބޯޓު ފަރަށް އަރާ ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު ކަނޑު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މި ޙާދިސާ ހިނގަން މެދުވެރިވިގޮތް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން