ޚަބަރު
ހުޅުމާލޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ، ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފި
އެކްސިޑެންޓެއް ހިނގާފައިވާ ސަރަޙައްދު--
ހުޅުމާލޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ، ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ކަމަށެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، މިއަދު ހެނދުނުގެ ވަޤުތެއްގައެވެ. ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުމާލޭގެ ނިރޮޅު މަގުން ދުއްވާފައި ދިޔަ ކާރެއް، ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެ ސައިކަލެއްގަައި ޖެހި އެކްސިޑެންޓްވެ ފިހާރައެއްގައި ޖެހިގެން ކަމަށެވެ. އެގޮތުން، ކާރު ކޮންޓްރޯލުން ނެއްޓި ފިހާރާގައި ޖެހުމުން ފިހާރައިގެ ލޯގަނޑު ތަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.