ކުޅިވަރު

ދުނިޔޭގެ އެއްވަނަ ސަބަލެންކާ ބަލިކޮށް ޑަބްލިއު ޓީއޭގެ ޗެމްޕިއަންކަން އިލީނާ ހޯދައިފި

ދުނިޔޭގެ އެއްވަނަ ސަބަލެންކާ ބަލިކޮށް ޑަބްލިއު ޓީއޭގެ ޗެމްޕިއަންކަން އިލީނާ ހޯދައިފި

ޑަބްލިއު ޓީއޭ ފައިނަލްސް ޓެނިސް މުބާރާތުގެ ތަށި އިލީނާ އުފުލާލަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2025، 08:46

09 ނޮވެމްބަރު 2025، 08:46

ސައުދީ އަރަބިއްޔާގައި ކުރިޔަށްދިޔަ ޑަބްލިއު ޓީއޭ ފައިނަލްސް ޓެނިސް މުބާރާތުގައި ދުނިޔޭގެ އެއްވަނަ އެރީނާ ސަބަލެންކާ ބަލިކޮށް، ކަޒަކިސްތާނުގެ އިލީނާ ރައިބުކީނާ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދުނިޔޭގެ 6ވަނައަށް ސީޑުކޮށްފައިވާ އިލީނާ މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުން، 6-3 އަދި 7-6 ގޭމުންނެވެ. 

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވެސް މި ދެކުޅުންތެރިން ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ސަބަލެންކާ މޮޅުވި ނަމަވެސް، އިއްޔެ ރިޔާދުގައި ކުޅުނު ފައިނަލް މެޗުގައި އިލީނާ ވަނީ އޭނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ އިލީނާއަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލުން އޭނާ ޖާގަ ހޯދީ ސެމީފައިނަލްގައި އެމެރިކާގެ ޖެސިކާ ޕިގޫލާ 2-1 ސެޓުން ބަލިކުރުމަށްފަހުއެވެ. އެއީ 4-6، 6-4 އަދި 6-3 އިން މެޗުގެ ގޭމުތައް ކާމިޔާބުކޮށްގެންނެވެ. 

މީގެކުރިން އިލީނާ ވާނީ 2022 ވަނަ އަހަރު ވިމްބަލްޑަން ވެސް ކާމިޔާބުކޮށްފައެވެ. 

ޑަބްލިއު ޓީއޭ ފައިނަލްސް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުން އިލީނާއަށް ވަނީ 5.235 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން