Ads by Stelco

ޚަބަރު

އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިންމާލައިފި

އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިންމާލައިފި

މަގުހެދުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ނޮވެމްބަރު 2025، 10:25

09 ނޮވެމްބަރު 2025، 10:25

އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ %65 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އެ ރަށުގައި މިހާރު ކުރިއަށް ދަނީ ޕޭވްމެންޓު ހެދުމުގެ މަސައްކަތް ކަމަށާއި މުޅި ޖުމްލަ މަޝްރޫޢުގެ %65 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އުކުޅަހުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ވާރޭ ވެހުމުން ފެން ހިންދާނެ ނިޒާމު (ސްޓޯރމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް) ޤާއިމްކުރުމުގެ މަސައްކަތް ކުރިިއަށްދާނެކަމަށް  އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެހެންމެ، ޑްރެއިނޭޖް އަދި ސާވިސް ލައިންތައް އެޅުމާއި، މަގުތަކުގެ ދެފަޅީގައި ޕޭވްމަންޓް (ސައިޑްވޯކް) ހެދުމާއި، އަދި އެއްގަމު އުޅަނދު ދުއްވާ މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން