ޚަބަރު
ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ %98 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މަަސައްކަތުގެ ތެރެއިން/ފޮޓޯ: އެމްޓީސީސީ
ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ %98 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢޫގެ ދަށުން މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ތަރައްޤީކުރުމާއި، ބަނދަރުގެ މެއިންޓެއިނެސްގެ ބައެއް މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމަ އެހެންމެ، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ ޑިސެމްބަރު 07ގައި ފަށާފައިވާއިރު، މިއީ 60.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
Project Update: Design and Build of Harbour Upgrade in Sh. Lhaimagu
— MTCC Plc (@MTCCPlc) November 9, 2025
Harbour maintenance dredging & Swimming area dredging works are currently ongoing at the site. Overall project completion has reached 98%
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC… pic.twitter.com/e9TtlEjCP7