ޚަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ. ފޮޓޯ: ފުލުހުން.
ފަރުދުން
09 ނޮވެމްބަރު 2025، 04:27
09 ނޮވެމްބަރު 2025، 04:27
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ނަމަވެސް ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. ގައްދޫ / ކެކުރިމާގެ، މުޙައްމަދު ޖަޢުފަރު (42އ) އެވެ.
މުޙައްމަދު ޖަޢުފަރު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، ކޯޓަށް ޙާޟިރުކުރުމަށް އެންގި، ޙާޟިރުކުރެވިފައި ނުވާތީ ކަމަށާއި، ބަންދުގައި ބަހައްޓައިގެން 10 ނޮވެންބަރު 2025 (މާދަމާ)ގެ މެންދުރުކުރީ 11:00އަށް ކްރިމިނަލް ކޯޓަށް ޙާޟިރުށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ވީމާ، މުޙައްމަދު ޖަޢުފަރާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި، ޙިއްޞާކުރެއްވުމަކީ ފުލުހުންގެ އެދުމެވެ. މިފަދަ ކަންކަމުގައި ޢާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވާފައިވެއެވެ.