Ads by Stelco

ޚަބަރު

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އަޙްމަދު ޢަބްދުالله (ރޯޒޭ) ޢައްޔަންކޮށްފި

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އަޙްމަދު ޢަބްދުالله (ރޯޒޭ) ޢައްޔަންކޮށްފި

އަޙްމަދު ޢަބްދުالله (ރޯޒޭ). ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް.

farudhun logo

ފަރުދުން

09 ނޮވެމްބަރު 2025، 04:28

09 ނޮވެމްބަރު 2025، 04:28

ތިލަދުންމަތީ ދެކުނުބުރީގައި އޮންނަ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ޢަބްދުالله (ރޯޒޭ) އަދު ޢައްޔަނުކޮށްފިއެވެ.

އެ މަޤާމަށް ރޯޒޭ ޢައްޔަނުކޮށްފައިވަނީ އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙުމަދު، މަޤާމުން އިސްތިޢުފާ ދެއްވުމާ ވިދިގެން، މިއަދު ކުރިއަށް ދިޔަ ސިޓީ ކައުންސިލްގެ 4ވަނަ ދައުރުގެ 230ވަނަ ޢާންމު ބައްދަލުވުމުގައެވެ.

ކައުންސިލަރުންގެ މެދުގައި އައު ޑެޕިއުޓީ މޭޔަރެއް ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލައިފައިވަނީ ރޯޒޭ އެކަންޏެވެ. އަދި ރޯޒޭ ހިމެނޭހެން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މޭޔަރު މުޙައްމަދު ޢާޠިފް، ކައުންސިލް މެންބަރު ރިޟްވާން މުޙައްމަދު، ޢާޠިފާ ޢަލީ އަދި އިބްރާހިމް އަޙްމަދުގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ.

އެ ވޯޓުގައި، ޑެޕިއުޓީ މޭޔަރުކަމަށް ރޯޒޭ ހޮވީ، ވޯޓުލެއްވި އެންމެހައި ބޭފުޅުންގެ އިއްތިފާޤުން ކަން ފާހަގަކުރެވެއެވެ.

ކުޅުދުއްފުށި ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙުމަދު، ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމުން އިސްތިޢުފާދެއްވާފައިވަނީ، އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަރޝިޕް ލިބިވަޑައިގަތުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި "އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް" ދާއިރާއިން މާސްޓަރޒް ޑިގްރީއަށް ތަޢުލީމު ޙާޞިލުކުރެއްވުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން