Ads by Stelco

ޚަބަރު

ގދ. ނަޑެއްލާގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ގދ. ނަޑެއްލާގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

މި ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުންް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ނޮވެމްބަރު 2025، 06:09

09 ނޮވެމްބަރު 2025، 06:09

ގދ. ނަޑެއްލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙަރަކާތަކީ ރައްޔިތުންނާއި ގާތުން ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. 

މި ޙަރަކާތަކީ، ނަޑެއްލާގައި އަލަށް ފުލުހުން ޤާއިމުވެގެން ތިބެ ޚިދުމަތްދޭން ފެށުމާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށާއި، ޤާނޫނާއި ޤަވާއިދަށް އަހުލުވެރި ބަޔަކު ދިރިއުޅޭ، އަދި ކުށް މަދު އަމާން ރަށަކަށް ނަޑެއްލާ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޙަރަކާތެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޙަރަކާތުގެ ތެރެއިން، ފުލުހުން ވަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް އަދި ރަށުގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. ހަމަ އެހެންމެ، ރަށުތެރޭގައި ހުރި މައްސަލަތަކާއި ނޭދެވޭ ކަންކަން ފުލުހުންނާއި ރައްޔިތުން ގުޅިގެން ޙައްލުކުރުމަށް މަސައްކަތްކޮށް، އަމާން މުޖުތަމަޢެއް ރަށުގައި ޤާއިމުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ޚިޔާލު ހޯދައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކާއި އެފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް ކުރެވޭނެ ކަންކަން ފުލުހުން ވަނީ ރަށުގެ ރައްޔިތުންނަށް ކިޔައިދީފައެވެ. ހަމަ އެހެންމެ، މި ޙަރަކާތުގެ ތެރެއިން ފުލުހުން ވަނީ ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ މަޢުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައެވެ. އަދި ފުލުހުންނަށް މައްސަލަ ރިޕޯޓުކުރާނެ ގޮތް ކިޔައިދީ ސްޓޭޝަންގެ ފޯން ނަންބަރު ރައްޔިތުންނާ ހިއްސާކުރިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް ވޯކް އެންޑް ޓޯކް ގެ ޙަރަކާތްތަކެއް ހިންގައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޙަރަކާތް އެކި ރަށްރަށުގައި ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން