Ads by Stelco

ޚަބަރު

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤާނޫނުތައް އެކުލެވިގެންވާ ފޮތެއް---

farudhun logo

ފަރުދުން

09 ނޮވެމްބަރު 2025، 07:13

09 ނޮވެމްބަރު 2025، 07:13

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ޙުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފްތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ބާ ކައުންސިލުން ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން މި ދަފްތަރާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް މި ހުޅުވާލީ، އަންނަ މަހުގެ 4ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްޤު ލިބެނީ، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް އެކަންޏެވެ. 

މި ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ބާ ކައުންސިލުން ހުޅުވާލާފައި ވަނީ 12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. 

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ  ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިއަދުއެވެ. އަދި އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 18 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 15:00އެވެ. 

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން