Ads by Stelco

ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރުގެ ޚާއްސަ މަންދޫބު، ޚާރިޖީ ވަޒީީރު ޑރ ޙަލީލާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރުގެ ޚާއްސަ މަންދޫބު، ޚާރިޖީ ވަޒީީރު ޑރ ޙަލީލާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރުގެ ޚާއްސަ މަންދޫބު ޚާރިޖީ ވަޒީީރު ޑރ ޙަލީލާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2025، 10:35

09 ނޮވެމްބަރު 2025، 10:35

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު، އެ ޤައުމުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ކިންޖަރަޕް ރާމް މޯހަން ނައިޑު، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުން އޮތީ ޚާރިޖީ ވުޒާރާގައެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުން އެ ޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ރާއްޖެ ވަޑައިގެންފައިވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މަނިކުފާނާއި އެކު އިންޑިއާގެ އޮފިޝަލުންތަކެއް ވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

ޚާރިޖީ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އިންޑިއާގެ ސިވިލްއެވިއޭޝަން މިނިސްޓަރަށް މަރުޚަބާ ވިދާޅުވެ، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޝަތު އަޒީމާ، ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން