Ads by Exprox

ޚަބަރު

ރިޒޯޓް ހެދުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ބަދަލު ގެނެސްފި!

ރިޒޯޓް ހެދުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ބަދަލު ގެނެސްފި!

ލިސްޓަށް އައު ކުރި ރަށް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 06:13

29 އޯގަސްޓު 2024، 06:13

ހުލާސާ


ރިޒޯޓް ހެދުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ފަތުރުވެރިކަމުގެ ވުޒާރާއިން ބަދަލު ގެނެސްފިއެވެ.

ރިޒޯޓް ތަރައްޤީ ކުރުމަށް ހުޅުވާލައިފައިވާ ރަށް ތަކުގެ ލިސްޓު ފަތުރުވެރިކަމުގެ ވުޒާރާއިން އިޢްލާނު ކުރީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން އެ ވުޒާރާއިން ކުރި އިޢްލާނުގަ ބުނެފައިވަނީ ރިޒޯޓް ތަރައްޤީ ކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިޢްލާނަށް އިތުރު އިސްލާޙެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ އިޢްލާން ގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ރ. ޅާނބުގަލި އިތުރުކޮށްފައިވާކަމަށާ، އެ ލިސްޓުން ތިން ތަނެއް އުނިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ލިސްޓުން އުނިކުރި ތިން ތަނަކީ ވ. އަތޮޅުން ރިސޯޓު ހަދަން ކުއްޔަށް ކަނޑައެޅި ފަޅާއި، ޅ. ވިހަވަރު ފިނޮޅާއި، ލ. ހަންހުއްޓެ ކަމަށެވެ.

މި ލިސްޓާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ފަތުރުވެރިކަމުގެ ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރުމަށް އެވުޒާރާ އިން އެދޭ ކަމަށާއި އަދި ޕްރޮޕޯސަލް ފޯމު އެވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާ އިން ބުނެއެވެ.

ފަތުރުވެރިކަމުގެ ވުޒާރާ އިން މި ގެނައި ބަދަލާއެކު އެ ލިސްޓުގައި މިހާރު ހިމަނާފައިވާ ތަންތަނަކީ:

- ހދ. ވައިކަރަމުރައިދޫ - 15 ހެކްޓަރުގެ ބިން

- ށ. ކުޑަޅައިމެންދޫ - 13.11 ހެކްޓަރުގެ ބިން

- ރ. ދިއްކުރެއްދޫ - 4.83 ހެކްޓަރުގެ ބިން

- ރ. ޅާނބުގަލި - 2.66 ހެކްޓަރު

- ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) - 15.17+20.99 ހެކްޓަރު

- ޅ. ވިހަފަރުފިނޮޅު - 0.28 ހެކްޓަރު

- ކ. ހިއްމިއްޔާ ފަޅު - 712 ހެކްޓަރު

- ކ. އަތޮޅުގެ ފަޅެއް - 45 ހެކްޓަރު

- އއ. އަލިކޮއިރަށް - 1.47 ހެކްޓަރު

- ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) - 6.96 އާއި 0.20 ހެކްޓަރ

- ތ. ރުއްތިބިރަށް - 8.41 ހެކްޓަރު

- ތ. ކަނިމީދޫ - 10 ހެކްޓަރު

- ލ. ކަށިދޫ - 3.11 ހެކްޓަރު

- ލ. ބޮޑުމުންޏަފުށި - 3.14 ހެކްޓަރު

- ލ. ހަންހުށި - 2.81 ހެކްޓަރު

- ގއ. ބޭރުމައުޑޫ - 3.08 ހެކްޓަރު

- ގދ. ކަޅެހުއްޓާ - 7.61 ހެކްޓަރު

މި ލިޔުން ކިޔާލުމުން

Ads by Stelco