Ads by Stelco

ޚަބަރު

ރޭ ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ރޭ ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ރޭ އެކްސިޑެންޓުވި މީހަކު ދުއްވަން އިން ސައިކަލެއް

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 06:23

11 ނޮވެމްބަރު 2025، 06:23

ހުޅުމާލޭގައި ރޭގެ 11:30 ހާއިރު ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. 

ހުޅުމާލޭ ފޭސް 2ގެ ނިކަގަސް މަގުގައި ހިނގި މި އެކްސިޑެއްނޓުގައި ނިޔާވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއީލް ރަޔާން ބިން ނާޒިމްއެވެ. އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ނިކަގަސްމަގުން ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، އެ މަގަށް އެޅި ސައިކަލެއްގައި ޖެހިގެންނެވެ. 

އަދި ނިޔާވި ޒުވާނާގެ އިތުރުން، ދެ މީހަކަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އެ މީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭންގެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން