ޚަބަރު
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގައި ރޯވެއްޖެ
ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވުން.
ފަރުދުން
11 ނޮވެމްބަރު 2025، 02:49
11 ނޮވެމްބަރު 2025، 02:49
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގައި ދާދި ދެންމެއަކު އަލިފާން ރޯވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އެމް.އެން.ޑީ.އެފް.އިން ބުނީ، ބޯޓުގައި ރޯވި އަލިފާން ނިއްވާލުމަށް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކޮށްފައިވާ ވީޑިޔޮއިން ފެންނަ ގޮތުގައި، ފުރަތަމަ ހުޅު ހިފާފައިވަނީ ބޮޓުގެ ގެގަނޑުގައެވެ.
ނަމަވެސް، ހުޅުގަނޑު ފެތުރި، މުޅި ބޯޓުގައި ވަނީ އަލިފާން ރޯވެފައެވެ.
މި ކަމާ ގުޅޭ އިތުރު ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
🚨#Breaking: Hulhumale falhutherey oi theyo boat ehga alifaanuge haadhisaa eh hin'gun. #HappeningNow
— #MvCrisis (@MvCrisis) November 11, 2025
Ithuru mauloomaathu: https://t.co/wghRfJBtnd pic.twitter.com/7flDd1PtcH
ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/yvGC97wtqJ
— Maldives National Defence Force (@MNDF_Official) November 11, 2025