Ads by Stelco

ޚަބަރު

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ދޯނި އަޑިއަށް

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ދޯނި އަޑިއަށް

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ދޯނި.

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 03:36

11 ނޮވެމްބަރު 2025، 03:36

ފަތުރުވެރީން އަރުވައިގެން "އެކްސްކަރޜަން"އަކަށް ނުކުމެ އުޅުނު ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި، އެއް ދޯނި އަޑިއަށް ގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ޙާދިޘާ ހިނގާފައިވަނީ ބާސެލޯ މޯލްޑިވްސް ރިޒޯޓްގެ ފުއްޓަރު ފަރާތާ ދިމައިން ބޭރުގައެވެ. އެކްސިޑެންޓު ވެގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:29ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި އަޑިއަށް ގޮސްފައިވާއިރު، އަނެއް ދޯނީގެ ޑެކަށް ވަނީ ގެއްލުނަތްކެއް ލިބިފައެވެ.

މި މައްސަލައިގެ އިތުރު ތަޙުޤީޤުތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން