Ads by Farudhun

ޚަބަރު

މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އެކްސިޑެންޓުގައި ނިޔާވި އާމިނާ އިމީލީ ނާޒިމް---

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2026، 06:31

05 އޮކްޓޯބަރު 2026، 06:31

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، އެ ގައުމުގައި މަތީ ތައުލީމު ހާސިލްކުރަމުންދިޔަ ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން، އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އިމީލީ އިތުރު ދިވެހި ދަރިވަރަކާއެކު ވިޔަފާރި ކުރުމަށްފަހު އެނބުރި ގެއަށް ދިއުމަށްޓަކައި، "ގްރެބް" އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ޓެކްސީގައި ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ ހައިވޭއެއްގެ ޓޯލް ފީ ނަގާ ބޫތުތައް ކައިރިންނެވެ.

މި ހާދިސާ ހިނގި ގޮތުގެ ސީސީޓީވީ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހުން ދަތުރުކުރި ކާރު ގޮސް އެހެން ކާރެއްގެ ފަހަތުގައި ޖެހި، އަނެއްފުށަށް ފުރޮޅާލައެވެ.

މި އެކްސިޑެންޓުގައި އިމީލީގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭނާ ނިޔާވީ އެކްސިޑެންޓްވި ސަރަހައްދުގައެވެ. ނަމަވެސް، މި ކާރުގައި އޭނާއާއެކު ދަތުރުކުރި އަނެއް ދިވެހި އަންހެން ދަރިވަރުގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450