Ads by Stelco

ޚަބަރު

ހުޅުމާލޭ ފަޅުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭ ފަޅުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވުން.

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 03:45

11 ނޮވެމްބަރު 2025، 03:45

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި އަދު މެންދުރު ހިނގި އަލިފާނުގެ ޙާދިޘާ ކޮންޓްރޯލްކޮށް، އަލިފާން މިހާރު ނިއްވާލައިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލޭ ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:55ގައި ކަމަށެވެ.

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވެ، މިހާރު އަލިފާން އެއްކޮށް ނިންވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، މި ޙާދިޘާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ގޮތުން، އެ މީހާގެ އަތްތިލަ ފިހިފައިވާ ކަމަށާއި، ނަމަވެސް މިހާރު ހަސްފަތާލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަޙުޤީޤުތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން