Ads by Stelco

ޚަބަރު

ފަރަށް އެރި ކާށިދޫ ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ފަރަށް އެރި ކާށިދޫ ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

"ފައިސަލާ" ބޯޓު ފަރަށް އަރާފައި / ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ނޮވެމްބަރު 2025، 12:31

12 ނޮވެމްބަރު 2025، 12:31

މާލެ އަތޮޅު ކާށިދޫގައި ދުއްވާ ބޯޓެއް އެ ރަށުގެ ފަރަށް އަރައިގެން ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

އެ މީހާ ފެނިފައި ވަނީ ފަރުމަތީގައި އޮއްވައެވެ. އަދި އެ މީހާ އެ ރަށު ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެމްޑީ އަލަމްގީރްއެވެ.

ކާށިދޫ އާއި މާލެއާ ދެމެދު މުދާ ހިފައިގެން ދަތުރުކުރާ "ފައިސަލާ" ބޯޓު ފަރަށް އެރީ ކާށިދޫއަށް ވަންނަން އުޅެނިކޮށް މިރޭގެ 7:50 ހާއިރެވެ. 

ބޯޓު ފަރަށް އެރިއިރު އޭގައި 11 މީހުން ތިއްބެވެ. އެއީ 5 ދިވެހިންނާއި 6 ބިދޭސީއެކެވެ. 

"ފައިސަލާ" ބޯޓު ފަރަށް އެރުމާ ގުޅިގެން އޭގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން