ވިޔަފާރި / ޚަބަރު

ބީއެމްއެލްގެ މުޢާމަލާތްތަކުގައި ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައިފި

ބީއެމްއެލްގެ މުޢާމަލާތްތަކުގައި ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައިފި

ބީއެމްއެލްގެ ޕީއޯއެސްއަކުން ކީއާރު ކޯޑު ސްކޭން ކުރަނީ / ފޮޓޯ: ބީއެމްއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ނޮވެމްބަރު 2025، 08:26

12 ނޮވެމްބަރު 2025، 08:26

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުޢާމަލާތްތަކުގައި ސެކިއުރިޓީ ފަށަލައެއްގެ ގޮތުގައި ބޭނުންކުރަމުންދާ "ވަން ޓައިމް ޕާސްވާރޑް" ނުވަތަ އޯޓީޕީ، ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިފިއެވެ. 

ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް ކަމުގައިވާ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ އިންތިޒާމު ބީއެމްއެލްއިން މި ހަމަޖެއްސީ، ކަސްޓަމަރުންނަށް ބޭންކުގެ މުޢާމަލާތްތައް ކުރުމުގައި އިތުރަށް ފަސޭހަކުރަން ކަމުގައި އެ ބޭންކުން ހާމަކުރެއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެ ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާގެ މުޢާމަލާތްތައް ހިންގޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އެގޮތުން އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވިއެވެ.



ބީއެމްއެލް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކުގައި މިހާތަނަށް އޯޓީޕީ ފޮނުވޭނެ ޗެނަލްތަކުގެ ގޮތުގައި އޮތީ ޓެކްސްޓް މެސެޖާއި، އީމެއިލް އަދި އޯތެންޓިކޭޓަރއެވެ. އަދި އޭގެ ތެރެއިން އެ ކަސްޓަމަރަކު ބޭނުން ޗެނަލެއް އިޚްތިޔާރުކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ވަޓްސްއެޕް ތަޢާރަފްކުރެވުމާއެކު، މީގެފަހުން އެ އެޕްލިކޭޝަން މެދުވެރިކޮށް އޯޓީޕީ ހޯދުމުގެ އިޚްތިޔާރުވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. 

އަދި އޯޓީޕީ ހޯދުމަށް ވަޓްސްއެޕް އިޚްތިޔާރު ކުރާނަމަ، ވަޓްސްއެޕް ބޭނުންކުރާ ނަންބަރަކީ ބޭންކުގައި ރެޖިސްޓަރކޮށްފައިވާ ނަންބަރަށް ވާންޖެހޭނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން