Ads by Stelco

ޚަބަރު

ފުވައްމުލަކުގެ ފެނުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް، ފެން ލީކުވުމުގެ މައްސަލަ ހައްލުކުރަނީ

ފުވައްމުލަކުގެ ފެނުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް، ފެން ލީކުވުމުގެ މައްސަލަ ހައްލުކުރަނީ

ފުވައްމުލައް. ފޮޓޯ: ފުވައްމުލަކު ސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2025، 10:26

12 ނޮވެމްބަރު 2025، 10:26

ފުވައްމުލަކު ސިޓީގެ ފެނުގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކުރެވި، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަށް އަލުން ދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. 

ފެނުގައި ތަޣައްޔަރުކަމެއް ހުރުމުގެ ސަބަބުން ކުރިމަތިވި މި މައްސަލަ މިހާރު ހައްލުކުރެވިފައިވާއިރު، މިވަގުތު ކުރިއަށްދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފެން ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ސާފުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ފެން އުފެއްދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ފެން ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހިމެނޭހެން ހަދާ ތަޙުލީލުތައް ކުރިއަށްދާތީ އަދި ފެން ދޫކުރެވިފައިނުވާކަމަށް ނަޖާހު ވިދާޅުވިއެވެ. މީގެ އިތުރުން ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، ތަޙުލީލުތަކުގެ ނަތީޖާ ލިބި، ލީކޭޖްގެ މައްސަލަ ހައްލުވުމާއެކު މިއަދު އިރުއޮއްސުމާ ހަމައަށް ޚިދުމަތް އަލުން ގުޅާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އިއްޔެ ވިދާޅުވީ، ސަރުކާރުން މިކަމަށް ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެރަށަށް ބޯފެން ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިއްޔެ މެންދުރާ ހަމައަށް 2000އަށްވުރެ ގިނަ ފެން ކޭސް އެމްއެންޑީއެފް މެދުވެރިކޮށް ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން