ކުޅިވަރު / ޚަބަރު
ނައިބު ރައީސް، ތިލައުތުރު ފުޓްސެލް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ނައިބު ރައީސް، ތިލައުތުރު ފުޓްސެލް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
13 ނޮވެމްބަރު 2025، 09:05
13 ނޮވެމްބަރު 2025، 09:05
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލައުތުރު ފުޓްސެލް މުބާރތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗަށް ވަޑައިގެންނެވުމާއެކު، އެ މަނިކުފާނަށް މަރުޚަބާ ދަންނަވާފައި ވަނީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.
ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅިވަރު ހަރަކާތްތަކަކީ އިޖުތިމާޢީ ހަރަކާތްތަކެއް ކަމަށާއި، އެ ފަދަ ހަރަކާތްތައް މުޖުތަމަޢުއަށް މުހިންމު ކަމުގައެވެ.
މި މުބާރާތަކީ ކުޅިވަރު ކުޅުމުގެ އިތުރުން އިޤުތިޞާދީ މަންފާތަކެއްވެސް ލިބިގެންދިޔަ މުބާރާތެއްކަން ފާހަގަ ކުރައްވައި، މުބާރާތް ރާވައި ދެއްވިކަމަށްޓަކައި އަތޮޅުކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. މި މެޗުން ކާމިޔާބު ކުރީ އުތީމު ޓީމެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވާފައެވެ.