Ads by Stelco

ޚަބަރު

ޤައިދީން މަސައްކަތަށް ނެރެނީ ރިސްކް އެސެސްމަންޓް ހަދާފައި: ކަރެކްޝަންސް

ޤައިދީން މަސައްކަތަށް ނެރެނީ ރިސްކް އެސެސްމަންޓް ހަދާފައި: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

farudhun logo

ފަރުދުން

13 ނޮވެމްބަރު 2025، 04:29

13 ނޮވެމްބަރު 2025، 04:29

މަރުގެ މައްސަލަތަކުގައި ޙުކުމްކޮށްފައި ތިބޭ މީހުން ހިމެނޭ ގޮތަށް، ޤައިދީން މުޖުތަމަޢަށް ޚިދުމަތްކުރުމަށް ނުވަތަ ކޮމިއުނިޓީ ސަރވިސްއަށް ނެރެނީ ރިސްކް އެސެސްމެންޓްތައް ހެދުމަށް ފަހުގައި ކަމަށް ކަރެކްޝަނަލް ސަރވިސްއިން އަދު ބުނެފިއެވެ.

ހުޅުމާލެ ޖަލުގައި ހުރި ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ބަންގްލަދޭޝް ޤައިދީއަކު މިދިޔަ އާދީއްތަ ދުވަހު ފިލައިގެން ދިޔައީ ކަރެކްޝަންސްގެ ފެސިލިޓީއަކަށް ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނެރެފައި ހުއްޓައެވެ. ކަރެކްޝަންސްއިން ބުނީ، އެ ޤައިދީ ފިލައިގެން ދިޔަތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ އަތުލައިގަނެވުނު ކަމަށެވެ.

މީގެ ކުރިން ވެސް ޤައިދީއަކު ފިލައިގެން ގޮސްފިއްޔާ ކަރެކްޝަންސްއިން ހުންނާނެ އެ މީހަކު ހޯދަން މަޢުލޫމާތު ޢާންމުކޮށްފައި. މި ކޭސްގައި ހަމަ މަދު ގަޑިއިރެއް ތެރޭގައި އެ ޤައިދީއަކު ހޯދުމުން ޢާންމުކުރުމުގެ ބޭނުމެއް ނުފެނުނީ.

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ޤައިދީން ނެރެނީ ކޮންމެ ޤައިދީއަކަށް ވެސް އެ ފުރުޞަތު ހޯދައިދިނުމަށާއި، އެ ޤައިދީއެއްގެ ރިސްކް އެސެސްމަންޓް ހެދުމަށް ފަހުގައެވެ.

މި މައްސަލައިގައި ފިލާފައިވާ ޤަމަރުލްއިސްލާމް ނަމަކަށް ކިޔާ ޤައިދީގެ މައްޗަށް ދަޢުވާކުރީ، 2012ވަނަ އަހަރުގެ ތެރޭގައި މުނީރުލްއިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލުމުގެ ކުށުގައެވެ.

މުނީރުލްއިސްލާމް މާލޭގައި މަރާލާފައި އޮތް ތަނަށް އެންމެ ފަހުން ވަތް ކަމަށް ވީޑިޔޮއިން ފެންނަނީ ޤަމަރުލްއިސްލާމެވެ.

ކްރިމިނަލް ކޯޓުގައި ޤަމަރުލްއިސްލާމްގެ މައްޗަށް ކުށް ޘާބިތުނުވި ނަމަވެސް، ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު ކަނޑައެޅީ ކުށް ޘާބިތުވާ ކަމަށެވެ. ވުމާ އެކު އެ ކޯޓުން ޙުކުމްކުރީ، ޢުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 133،333.33ރ. ދެއްކުމަށެވެ.

ހައި ކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައި، ޙުކުމްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން