ޚަބަރު
މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާބޯޓު ފުރަތަމަ ފަހަރަށް ސ. ގަމަށް!
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު.
ފަރުދުން
13 ނޮވެމްބަރު 2025، 05:00
13 ނޮވެމްބަރު 2025، 05:00
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު (އޭ330-200) އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް ޖައްސައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭ330-200އިން ގަމަށް މިއަދު ދަތުރުކުރީ އަމިއްލަ ފަރާތަކުން ޗާޓަރު ކޮށްގެން ކަމަށެވެ. އަދި މި ދުވަސްވަރު މާލެއާއި ގަމާ ދެމެދު ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
A330ގެ ޑިމާންޑު ގަމަށް މި ދުވަސްވަރު ބޮޑު ކަމަށް ފެނުނީމާ ޗާޓަރު ފްލައިޓެއް މި ބޭއްވީ. ޑިމާންޑު ބޮޑު ޙިސާބުތައް ބަލާފައި މީގެ ކުރިން ވެސް ބޮޑެތި ބޯޓުފަހަރު ބާއްވާފައި ވާނެ. އެ އުޞޫލުން ޑިމާންޑު ވަރަށް ބޮޑަށް އިތުރުވީމާ މި ފަހަރު ވެސް މި ބޭއްވީ.
އޭނާ ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ކުރާ މޯލްޑިވިއަންގެ އޭ330-200އިން މާލެއިން ގަމަށް ފުރަތަމަ ފްލައިޓް ބޭއްވީ މިއަދު ހެނދުނު 9:36ގައެވެ. އަދި ގަމުން މާލެއަށް މިއަދު މެންދުރު ފަހު 12:49ގައި ވަނީ އެނބުރި އައިސްފައެވެ.