ކުޅިވަރު

ބިލީ ޖީން ކިންގް ކަޕް: ޖޯޑަން ބަލިކުރުމަށްފަހު ރާއްޖެ ފައިނަލަށް

ބިލީ ޖީން ކިންގް ކަޕް: ޖޯޑަން ބަލިކުރުމަށްފަހު ރާއްޖެ ފައިނަލަށް

ޖޯޑަން ބަލިކުރުމަށްފަހު ރާއްޖޭގެ ޓީމުން އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ނޮވެމްބަރު 2025، 08:54

13 ނޮވެމްބަރު 2025، 08:54

ވިއެޓްނާމްގެ ތިއެޓްގައި ކުރިޔަށްދާ ބިލީ ޖީން ކިންގް ކަޕް 2025 ގައި އޭޝިއާ/އޯޝޭނިއާ ގްރޫޕް ތިނެއްގެ މުބާރާތުގެ ސެމީފައިނަލުގައި ޖޯޑަން ބަލިކޮށް ދިވެހިރާއްޖޭގެ ޒުވާން ޓެނިސް ޓީމުން ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓެނިސް އަންހެން ވޯލްޑް ކަޕްގެ ގޮތުގައި ބަލަމުން އަންނަ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެ ތަމްސީލުކުރަނީ ނަބާ ނިޝާން އާއި އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ. އަދި ޓީމުގެ ކޯޗަކީ އީރާނުގެ ޢަލީ ރިޒާއެވެ.

ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކުރީ، މުބާރާތް ބާއްވާ ވިއެޓްނާމް އާއި ބަޙްރެއިން 3-0އިން ބަލިކުރުމަށްފަހުއެވެ. އަދި ސެމީގައި ޖޯޑަން ވެސް ބަލިކުރީ 3-0އިންނެވެ.

އެގޮތުން، ޖޯޑަންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ސިންގަލްސްގައި، ރާއްޖޭގެ ނަބާ ނިޝާން ވަނީ 6-4، 6-4 އިން ޖޯޑަންގެ އަބޫ އަލް ހަޖް އަންނަ އަތުން މޮޅުވެފައެވެ. ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ އާރާ ވަނީ 6-1، 6-2 އިން ޖޯޑަންގެ ނޫރް ސަޔޭޖް ބަލިކޮށްފައެވެ. 

އަދި ޑަބަލްސް މެޗުގައި ރާއްޖޭގެ ކަރިން އާއި ނަޔާރާގެ ޕެއާ އިން ވަނީ 6-1، 6-3 އިން ޖޯޑަންގެ ސުލަފް އަބޫލަތީފް އާއި ހާޖަރު އަލް ލޫޒީގެ ޕެއާރ ބަލިކޮށްފައެވެ.

މި ގްރޫޕްގެ ފައިނަލް ކުޅޭނީ މާދަމާއެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން ނިކުންނާނީ ލާއޯސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ގްރޫޕް ދޭކަށް ރާއްޖޭގެ އަންހެން ޓީމު ޕްރޮމޯޓްވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން