Ads by Stelco

ޚަބަރު

ލިޔެ ކިޔުން ނެތް ބިދޭސީން ދެނެގަންނަން ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތަޢާރަފްކޮށްފި

ލިޔެ ކިޔުން ނެތް ބިދޭސީން ދެނެގަންނަން ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތަޢާރަފްކޮށްފި

ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތަޢާރަފްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 04:05

14 ނޮވެމްބަރު 2025، 04:05

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައި، ލިޔެކިޔުން ނެތް ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތަޢާރަފްކޮށްފިއެވެ.

 'އެމް.އައި އައި.ޑީ ޗެކަރ' ގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި ޒަމާނީ އެޕްލިކޭޝަނަކީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭނެ ފުރިހަމަ ޓެކްނޮލޮޖީއެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ މި މައްސަލަ ހައްލުކުރުމަށް، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިސްނެންގެވުމުގެ ދަށުން ވަނީ "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އެކުލަވާލައި، ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 90،000އަށްވުރެ ގިނަ ޤަވާއިދާ ޚިލާފު ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

ނަމަވެސް، މި މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ޝަޚްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު މި ސިސްޓަމް ވަނީ ފަރުމާކޮށްފައެވެ. އިމިގްރޭޝަނުން ވިދާޅުވާ ގޮތުގައި މިއީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.

'އެމް.އައި އައި.ޑީ ޗެކަރ' ތަޢާރަފްކޮށްފައިވަނީ މިދިޔަ ހަފްތާގައި މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި އެޕްލިކޭޝަންގެ އެންމެ މުހިންމު ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ވަގުތުން ޝަޚްސު ދެނެގަނެ، ކަށަވަރުކޮށް، ގުޅުންހުރި އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެ އިތުރުން، ޕާސްޕޯޓު ނަންބަރު، ވޯކްޕަރމިޓް ނަންބަރު ނުވަތަ ވޯކްޕާމިޓްގެ ކިއު.އާރު ކޯޑު ސްކޭންކޮށްގެން ވެސް މީހުން ދެނެގަތުމުގެ ފުރުސަތު މި ސިސްޓަމްގައި ވަނީ ހަމަޖައްސާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން