Ads by Stelco

ޚަބަރު

ޞިއްޙީ ރަނގަޅު އާދަތަކުގައި ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

ޞިއްޙީ ރަނގަޅު އާދަތަކުގައި ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

މެޑަމް ސާޖިދާ މުޙައްމަދު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 04:49

14 ނޮވެމްބަރު 2025، 04:49

 

ރަނގަޅު ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަށް ރައްޔިތުންނަށް ފަސްޓު ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން އިލްތިމާސް ކުރެއްވެވީ ދުނިޔޭގެ ހަކުުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރާއްޖޭގައި ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ބިނާކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެންމެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. މިކަންކަމުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށެވެ. އަދި ވިދާޅުވީ، "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް މި ލަނޑުދަނޑި ޙާޞިލް ކުރެވޭނެ" ކަމުގައެވެ.

 

މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ރަނގަޅު ކާނާގެ އާދަތަކާއި ކަސްރަތު ކުރުމުގެ މުހިންމުކަން މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. އެކަމަނާގެ މި އިލްތިމާސް އަކީ، ދިވެހި މުޖްތަމަޢުގެ ޞިއްޙީ ހާލަތު ރަނގަޅުކޮށް، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމުގެ ގޮތުން ކުރެއްވި އިލްތިމާސްއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން