ދުނިޔެ

ފިނި މޫސުމުގެ ދަތި ޙާލަތާއި އެކު ޣައްޒާ އަށް އަދިވެެސް އިތުރަށް އެހީ ބޭނުންވޭ

ފިނި މޫސުމުގެ ދަތި ޙާލަތާއި އެކު ޣައްޒާ އަށް އަދިވެެސް އިތުރަށް އެހީ ބޭނުންވޭ

ޣައްޒާގެ ރައްޔިތުން ވަގުތީ ހިޔާ ހޯދާ ސަރަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 07:23

14 ނޮވެމްބަރު 2025، 07:23

ފިނި މޫސުމުގެ ދަތި ޙާލަތާއި އެކު ޣައްޒާ އަށް އަދިވެސް އިތުރަށް އެހީ ބޭނުންވެފައިވާ ކަމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފިއެވެ. 

މިޙާލަތުގައި ޣައްޒާގެ ރައްޔިތުން ތިބި އިރު ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އ.ދ. ގެ އެޖެންސީ (އަންރާ) އިން ވަނީ އިސްރާއިލުން ގަސްތުގައި އެ އެޖެންސީގެ މަސައްކަތްތައް ހުއްޓުވައި، ޣައްޒާއަށް ވަންނަ މުހިންމު އެހީތައް ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މިކަން ހިނގަމުންދަނީ އިސްރާއިލްގެ ދެ އަހަރަށްވުރެ ދިގު ދަންމާލައިފައިވާ ނަޞްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައެވެ. 

 ފަލަސްޠީނުގެ ރައްޔިތުންނަށް ބޯކޮށް ވާރޭވެހުމާއި ފިނި މޫސުމުގެ ތަކުލީފުތައް ކުރިމަތިވަމުން އަންނައިރު، އެމީހުންނަށް ދިރިއުޅުމަށް އެކަށީގެންވާ ވަރަށް ހިޔާ ނުވަތަ އެހީގެ އެއްވެސް ލުޔެއް ލިބިފައެއް ނުވެއެވެ.

އުންރުވާގެ ކޮމިޝަނަރ-ޖެނެރަލް ފިލިޕް ލައްޒަރީނީ ބުރާސްފަތި ދުވަހު އ.ދ. ގެ ޢާންމު މަޖިލީހުގެ ހަތަރުވަނަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އުންރުވާގެ މަސްއޫލިއްޔަތާއި މަސައްކަތްތައް ރައްކާތެރިކުރުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލާޒިމްވާ ކަމެއްކަމަށާއި، އެއީ މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ދިރިތިބުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ އަސާސީ ކަމެއް" ކަމަށެވެ.

 އޭނާ އިޝާރާތް ކުރެއްވީ އ.ދ. ގެ ތަޙުޤީޤު ކޮމިޝަނުގެ ފަހުގެ ހޯދުންތަކަށާއި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ޙުކުމްތަކަށް، އެ ޙުކުމްތަކުން އިޒްރޭލުގެ މައްޗަށް އެ އެޖެންސީއަށް ހުރި ހުރަސްތައް ނެގުމަށް ލާޒިމްކުރާ ކަމަށެވެ. ލައްޒަރީނީ ނިއުޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، އެމެރިކާއިން އެހީ ކަނޑާލުމާ އެކުވެސް، އަންރާގެ މުހިންމު ޚިދުމަތްތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، ޣައްޒާގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް އެހީ ދޭ ޤައުމުތަކަށް އިތުރު ފައިސާ ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ލައްޒަރީނީ ވިދާޅުވީ، "އަހަރެމެން މި މަސައްކަތް ކުރަނީ ހަފްތާއިން ހަފްތާއަށް، މަހުން މަހަށެވެ. އަހަންނަށް އެނގޭ ގޮތުގައި މިހާރު ނޮވެމްބަރު މަހުގެ މުސާރަ ދެވޭނެ، ނަމަވެސް ޑިސެމްބަރު މަހުގެ މުސާރަ ދެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް” މިހެނެވެ. 

އިސްރާއިލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް ޖަމާޢަތުން އިސްރާއިލްގެ ދެކުނަށް ދިން ޙަމަލާގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށް، އެ އެޖެންސީއަށް އިސްރާއިލްގެ ސަރަޙައްދުގައި މަސައްކަތްކުރުން މަނާކޮށްފައެވެ. 

އިސްރާއިލުން ވަނީ ތަކުރާރުކޮށް އުންރުވާގެ މުވައްޒަފުން އޮކްޓޯބަރު 7 ގެ ޙަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައިވާއިރު، އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މި ތުހުމަތުތަކާ ގުޅިގެން، ތާރީޚީ ގޮތުން އެ އެޖެންސީއަށް އެންމެ ބޮޑަށް އެހީދޭ ޤައުމު ކަމަށްވާ އެމެރިކާއިން ވަނީ އެހީ ހުއްޓާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން