Ads by Stelco

ޚަބަރު

މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި ފެނެއް: އެމްއެފްޑީއޭ

މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި ފެނެއް: އެމްއެފްޑީއޭ

ފުވައްމުލަކު ސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 07:34

14 ނޮވެމްބަރު 2025، 07:34

ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން މިހާރު ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި އެއްޗެއްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

 މިކަން އެމްއެފްޑީއޭއިން ހާމަކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފެނަކައިން ދޫކުރަމުންދާ ފެނަކީ ރައްކާތެރި ފެންކަން ޔަޤީންވާ ފަދަ ޓެސްޓްތަކުގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ، ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ މިދިޔަ ހޯމަ ދުވަހުއެވެ. ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެނަކަ ފުވައްމުލައް ބްރާންޗްއިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައިވާ ކަމަށެވެ. އަދި މި ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ފެނަކީ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

ފެނަކައިން ވެސް ވަނީ ފެން ދޫކުރަން ފަށާފައިވަނީ އެމްއެފްޑީއޭއިން ތަހުލީލުކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައި ކަމަށް ހާމަކޮށްފައެވެ. އެހެންކަމުން މިހާރު ފުވައްމުލަކަށް ދޫކުރަމުންދާ ފެނަކީ ބުއިމަށް ރައްކާތެރި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފެނެއްކަމުގެ ޔަޤީންކަން އެމްއެފްޑީއޭއިން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން