ކުޅިވަރު

އެޓޯލް ޗެމްޕިއަންޝިޕް: ހއ އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއަށް

އެޓޯލް ޗެމްޕިއަންޝިޕް: ހއ އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއަށް

ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ނޮވެމްބަރު 2025، 06:17

15 ނޮވެމްބަރު 2025، 06:17

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ.

ދިއްދޫއިން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 9-1ގެ އެގްރިގޭޓް ސްކޯއަކުން އިހަވަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. 

އެގޮތުން މި މަހުގެ 9ވަނަ ދުވަހު އިހަވަންދޫގައި ކުޅުނު ފުރަތަމަ ލެގު 3-1އިން ކާމިކުރުމަށްފަހު، 13 ނޮވެންބަރުގައި ދިއްދޫގައި ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބުކުރީ 6-0އިންނެވެ. 

ފުރަތަމަ ލެގުގައި ދިއްދޫގެ ގޯލުތައް ކާމިޔާބުކުރީ މުޙައްމަދު ނައުޝާދު އާއި ޙުސެއިން ޒިމްޔާންއެވެ. މީގެ ތެރެއިން ނައުޝާދު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެ މެޗުގައި އިހަވަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިބްރާޙިމް މާޖިދުއެވެ.

ދެވަނަ ލެގުގައި ނައުޝާދު އާއި ޒިމްޔާންގެ ގޯލުތަކުގެ އިތުރުން ތަޢުމީން ނޫޙު ވަނީ ދިއްދޫއަށް 4 ގޯލު ކާމިޔާބުކޮށްދީފައެވެ.  

މި އަތޮޅުން ހަމައެކަނި އިހަވަންދޫ އާއި ދިއްދޫ ވާދަކުރުމުން، މި ދެ ޓީމު ވެސް ވަނީ ޒޯން 1ގެ ލީގު ބުރަށް ކޮލިފައިވެފައެވެ. 

ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ރީޖަނަލް ލީގަށެވެ. ރީޖަނަލް ލީގުގައި ހަތަރު ޓީމު ވާދަކުރުމަށްފަހު އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގައެވެ.

ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން