ޚަބަރު
އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި
އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފެށުން.
ފަރުދުން
16 ނޮވެމްބަރު 2025، 04:55
16 ނޮވެމްބަރު 2025، 04:55
ރާއްޖޭގެ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތެރީންނަށް އަމާޒުކޮށްގެން ބާއްވާ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފިއެވެ.
މި މަހުގެ 15އިން 20އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރް.އާރް.ޔޫ.) އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ޤާނޫނު ތަންފީޒުކުރާ އަދި ސައިބަރ މައްސަލަތައް ތަޙުޤީޤުކުރާ ފަރާތްތަކުގެ ތަޙުޤީޤީ އަދި ތަޙުލީލީ ޤާބިލިއްޔަތު އިތުރަށް ހަރުދަނާކުރުމުގެ މަޤުޞަދުގައެވެ. އިންޑިއާގެ ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީގެ ތަޖުރިބާކާރު މުދައްރިސުން ކުރިއަށްގެންދަވާ މި ޕްރޮގްރާމްގައި، ސައިބަރ ޙާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި، މެތަޑޮލޮޖީތަކާއި، އޮނިގަނޑުތައް ދަސްކޮށްދެވޭނެއެވެ.
އަދި މި ދާއިރާގެ ކޭސް ސްޓަޑީތަކާއި، ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަޙުޤީޤުތަކުގައި ޢަމަލުކުރާނެ ގޮތްތައް ވެސް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމްގެ ބައިވެރީންނަށް އެކަށީގެންވާ ޑިޖިޓަލް ތަޙުޤީޤުތަކަށް މައިގަނޑު މެތަޑޮލޮޖީ ދެނެގަނެ، ތަންފީޒުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އަދި ކޯޓުގައި ހެކީގެ އިންޓެގްރިޓީ އަދި ޤަބޫލުކުރެވޭ މިންވަރު ޔަޤީންކުރުމަށް ހެކި ބެލެހެއްޓުމާއި ހޯދުމުގައި އެންމެ ރަނގަޅު އުޞޫލުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްވެގެންދާނެއެވެ.
އޭގެ އިތުރުން، މުހިންމު ހެކިތަކާއި ޑިޖިޓަލް ނިޝާންތައް ހާމަކުރުމަށް އޮޕަރޭޓިންގ ސިސްޓަމްތަކާއި ފައިލް ސިސްޓަމްތައް ތަޙުލީލިކުރުމާއި ވާދަވެރީން ބޭނުންކުރާ މެމޮރީ ފޮރެންސިކްސް އަދި މެލްވެއަރ ޕަރސިސްޓެންސް ޓެކްނިކްތައް ދެނެގަތުމަށް ތަޙުލީލުކުރުމާއި ސައިބަރ ޙަމަލާތައް ދެނެގަނެ އަލުން އެކުލަވައިލުމަށް ނެޓްވޯކް ފޮރެންސިކްސް އަދި ލޮގް އެނަލިސިސް ކުރިއަށްގެންދާނެއެވެ.
އަދި ޒަމާނީ ޑިޖިޓަލް މާޙައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތައް ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން، ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީން ބައިވެރިިވެއެވެ.
އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފިhttps://t.co/YCqIvze8dn pic.twitter.com/IsI0DwzyNf
— Maldives Police (@PoliceMv) November 16, 2025