Ads by Stelco

ޚަބަރު

ޔޫޕީއާރު އިލްތިމާސްތައް ތަންފީޒުކުރާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނަށް ރިޢާޔަތްކޮށްފައި: ބަންޑާރަ ނައިބުގެ އޮފީސް

ޔޫޕީއާރު އިލްތިމާސްތައް ތަންފީޒުކުރާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނަށް ރިޢާޔަތްކޮށްފައި: ބަންޑާރަ ނައިބުގެ އޮފީސް

ބަންޑާރަ ނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ނޮވެމްބަރު 2025، 12:23

17 ނޮވެމްބަރު 2025، 12:23

ދިވެހިރާއްޖޭގެ ޔުނިވާސަލް ޕީރިއޯޑިކް ރިވިއު (ޔޫޕީއާރު) ގެ 4 ވަނަ ބުރުގައި ޤައުމުތަކުން ރާއްޖެއަށް ދީފައިވާ ޢިލްތިމާސްތައް ތަންފީޒުކުރާނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި، އިސްލާމް ދީނުގެ އަސްލަކާއި ތަޢާރަޒް ނުވާ ގޮތަށް ބަލައިގެން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ޔުނިވާސަލް ޕީރިއޯޑިކް ރިވިއުގެ ހަތަރުވަނަ ބުރުގެ ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް މިމަހުގެ 14 ވަނަ ދުވަހު ފާސްކޮށްފައިވާއިރު، މި ރިޕޯޓުގައި ޖުމްލަ 104 ޤައުމަކުން ދިވެހިރާއްޖެއިން ކުރިއަށް އޮތް ޔޫޕީއާރު ސައިކަލްގައި ތަންފީޛުކުރުމަށް ހުށަހަޅާފައިވާ 284 އިލްތިމާސް ހިމެނެއެވެ.

މި ޢިލްތިމާސްތަކުގެ ތެރޭގައި މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް އަންހެނުންނާއި، ކުޑަކުދިންނާއި، މުޖުތަމަޢުގެ އަޅާލުން ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމަށް ކުރެވޭނެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، މި ޢިލްތިމާސްތަކުގެ ތެރެއިން ދިވެހިރާއްޖެއިން ތަންފީޛު ކުރަން ޖެހޭނީ، ރާއްޖެއިން ޤަބޫލުކުރާ ކަންކަން ކަމަށްވާތީ، ޤައުމުތަކުން ހުށަހަޅާފައިވާ ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން އަންގައި، ހިއުމަން ރައިޓްސް ކައުންސިލްގެ ދެން އޮންނަ ސެޝަންގައި ރާއްޖެއިން ޖަވާބުދާރީވާނެ ކަމަށެވެ.

ދިވެހިރާއްޖެއިން މި ޢިލްތިމާސްތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، "ނޭޝަނަލް މެކޭނިޒަމް ފޮރ އިޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް" (NMIRF) ގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް އެއްގޮތްވާ ގޮތުގެ މަތިން ރިޢާޔަތްކުރާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ޔޫޕީއާރުގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް، NMIRF ކޮމިޓީއާއި، ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން