Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި 333 ނޫސް މަޖައްލާ

މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި 333 ނޫސް މަޖައްލާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

farudhun logo

ފަރުދުން

17 ނޮވެމްބަރު 2025، 03:34

17 ނޮވެމްބަރު 2025، 03:34

އަލަށް އެކުލަވައިލެވުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސް މަޖައްލާތަކުގެ ދަފްތަރު ޝާއިޢުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާންމުކުރި އިޢުލާނެއްގައި ވަނީ، އެ ކޮމިޝަނުގެ ޤާނޫނުގެ ދަށުން 45 ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ވީމާ، އެ ގޮތުގެ މަތީން ދަފްތަރު މިހާރު ޢާންމުކޮށްފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މީޑިއާ ކޮމިޝަނުން މިއަދު ޢާންމުކުރި ދަފްތަރުގައި 333 ނޫސް މަޖައްލާއެއް ހިމެނެއެވެ. އެ ކޮމިޝަނުން ބުނީ، ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއް ދަފްތަރުގައި ނެތް ނަމަ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލިޔުމުން ޝަކުވާ ހުށަހަޅަންވާނެ ކަމަށެވެ. އެ ގޮތުން، ކޮމިޝަނުގެ މެއިލް ([email protected]) އަށް ލިޔެގެން ނުވަތަ ކޮމިޝަނުގެ ފޯން ނަންބަރު (3003995)އަށް ގުޅައިގެން ޝަކުވާ ހުށަހަޅައި، މަޢުލޫމާތު އޮޅުންފިލުވޭނެކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ވުޖޫދަށް ގެނައީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ޤާނޫނު އެކުލަވައިލެވުމުންނެވެ. އެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ 3 މެންބަރަކާއި، މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރެކެވެ. އާ ޤާނޫނާ އެކު ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ބަދަލުގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދޭނީ މިހާރު މި ކޮމިޝަނުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން