Ads by Stelco

ޚަބަރު

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ތިން މީހަކަށް ދަޢުވާކުރުމަށް އެދިއްޖެ

ޢަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ތިން މީހަކަށް ދަޢުވާކުރުމަށް އެދިއްޖެ

ނިދާފައި އޮއްވައި ޤަތުލުކުރެވުނު ޢަބްދުއްރަޙްމާން އާދަމް

farudhun logo

ފަރުދުން

17 ނޮވެމްބަރު 2025، 04:38

17 ނޮވެމްބަރު 2025، 04:38

އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ރަޙުމްކުޑަ ގޮތަކޮށް ޤަތުލުކުރެވުނު ޢުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ އިދާރާއިން ޕީ.ޖީ. އޮފީސް ކުރެން ދަޢުވާކޮށްދިނުމަށް އެދުނީ، އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދު (27 އ)،  އެ ރަށު ލިލީފެހި، މުޙައްމަދު ވިޝާމް (22 އ)ގެ އިތުރުން، އެ ރަށު ފިނިވާގޭ އަޙްމަދު ފާރިސް (27 އ)ގެ މައްޗަށެވެ.

ޢަބްދުއްރަޙްމާން ނިދާފައި އޮއްވައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ޖުލައި މަހުގެ 13ވަނަ ދުވަހުގެ ރޭ ދަންވަރު 1:15ހައިއިރުގައެވެ.

ޢަބްދުއްރަޙްމާންގެ މަރާ ގުޅިގެން ތަޙުޤީޤީ ބޭނުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދިއެވެ. އެއަށް ފަހު އޭނާގެ ހަށިގަނޑު ވަޅުލައިފައިވަނީ ޖުލައި މަހުގެ 24 މަހުގެ 24ވަނަ ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން