ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ހުށަހަޅައިފި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ހުށަހަޅައިފި

ރާއްޖޭގެ ޒުވާން ޓީމާއި އިންޑިއާ ބައްދަލުކުރި މެޗެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ނޮވެމްބަރު 2025، 07:38

17 ނޮވެމްބަރު 2025، 07:38

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ހުށަހަޅައިފިއެވެ.

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، އެ އެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމެޓީން ވަނީ، ކުރިޔަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ މާރޗް/އެޕްރީލްގައި ރާއްޖޭގައި ބޭއްވިދާނެކަމަށް ނިންމާފައެވެ. އަދި އެ ކަމުގެ ޝައުގުވެރިކަން މިހާރު ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)އާ ޙިއްޞާކޮށްފައި ވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.  

އެފްއޭއެމްއިން ބުނީ، އެ އެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމެޓީގެ ނިންމުމަކީ ޔޫތު ފުޓްބޯޅަ ހަރުދަނާކުރުމަށް އެ ކުރަމުންދާ މަސައްކަތް ހާމަކޮށްދޭ ނިންމުމެއް ކަމަށާއި، އަދި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ތަޖުރިބާ ހޯދައިދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައެވެ. އަދި މި ފުރުޞަތު ލިބިއްޖެ ނަމަ މި ފެންވަރުގެ މުބާރާތެއް ބާއްވާނެ ޤާބިލުކަމާއި، އެކަމުގެ ފޯރި ރާއްޖޭގައި އެބައޮތް ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މުބާރާތް ބާއްވަން ލިބިއްޖެނަމަ، މާދަމާގެ ޒުވާން ޖީލު ހަނދާން ހުންނާނެ ފަދަ ތާރީޙީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008ގައެވެ. އެ ފަހަރު ބޭއްވީ ސްރީލަންކާއާ ގުޅިގެންނެވެ. އޭގެ ފަހުން 2021ގެ ސާފް ޗެމްޕިއަންޝިޕް ވެސް ބޭއްވީ ސްރީލަންކާއާ ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން