ޚަބަރު
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭގޮތުން ޑިޕްލޮމާ ކޯހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި
ް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ކޯޖ=ޖެް ނަމޖމކ
ފަރުދުން
18 ނޮވެމްބަރު 2025، 09:38
18 ނޮވެމްބަރު 2025، 09:38
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭގޮތުން ޑިޕްލޮމާ ކޯހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތާ ގުޅިގެން ކެޓަނޭޓް ނުވަތަ "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އޭން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް" ޕްރޮޖެކްޓުގެ ދަށުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކީ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކެޓަނޭޓް ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓާ މެނޭޖުކުރެވޭފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވާކެއް ދިވެހިރާއްޖޭގައި ގާއިމްކުރުމެވެ. އަދި މިޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ އާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާ ޕްރޮޖެކްޓެކެވެ.
ކެޓަނޭޓް ޕްރޮޖެކްޓުގެ ދަށުން މިއަދު މިސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކޯސް ފަރުމާކުރުމަށްފަހު ކޯސް ފުރިހަމަކުރުމަށް ދަރިވަރުންނަށް ސްކޮލަރޝިޕް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކެޓަނޭޓް ޕްރޮޖެކްޓުން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ކޯހުގެ މޮޑިއުލްތަކަށް ބިނާކޮށް ކުރު މުއްދަތުގެ ޓްރެއިނިންގ ތައްޔާރުކުރެވި ކައުންސިލް އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި، ފުލުސް އަދި އެހެނިހެން ތަންފީޒީ އިދާރާތަކަށް އަމާޒުކޮށްގެން ކުރު މުއްދަތުގެ ޓްރެއިނިންގތައް ހިންގޭނެއެވެ.
ދިވެހިރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމަކަށް ޙިމާޔަތްކުރާ ސަރަހައްދުތައް މެނޭޖުކުރުމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުވާ ކަމެކެވެ. މިގޮތުން މި ދާއިރާއިން މީހުން ބިނާކުރުމަކީ އިންތިހާއަށް މުހިއްމު ކަމެކެވެ. ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިއާސް ގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ދަނީ އެމް.އެން.ޔޫ އާ އެކީ އެޑްވާންސްޑް ސެޓިފިކެޓް އިން ރޭންޖާސް އޮޕަރޭޝަންސް ވެސް ތައްޔާރުކުރަމުންނެވެ. މިއީވެސް ޖެފް ގެ ހިލޭ އެހީގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓުން ކުރާ މަސައްކަތެކެވެ. އެންދެރި މަޝްރޫޢުގެ އިސްނެގުމަކަށް 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ތިމާވެށި ބެލެހެއްޓުމުގެ ސެޓްފިކެޓް ކޯހެއް ފަރުމާކޮށް މި ކޯހުގައި ލާމު އަތޮޅުގެ ދަރިވަރުންނަށް ހާއްސަކޮށް 15 ސްކޮލަރޝިޕް ފުރުސަތު ހިމަނާފައިވެއެވެ. މި ފުރުޞަތުގެ ދަށުން 11 ދަރިވަރަކު ވަނީ ލ. ގަމު ކެމްޕަސްގައި މި ކޯސް ފުރިހަމަކޮށްފައެވެ.
މިފަދަ މަސައްކަތްތަކަކީ މިސަރުކާރުގެ ވައުދުތައް ކަމަށްވާ ކޮންމެ އަތޮޅެއްގައި އެއް ނޭޗަރ ޕާކް ގާއިމްކުރުމާއި، މުޅި ރާއްޖޭގައި އިތުރު 3 ބަޔޮސްފިއަރ ރިޒާވް ގާއިމްކުރުމާއި، އިކޯޓޫރިޒަމް މަސައްކަތްތަކުގެ ކާމިޔާބަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.