ކުޅިވަރު

1998ގެ ފަހުން ސްކޮޓްލޭންޑުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ޔަޤީންކޮށްފި

1998ގެ ފަހުން ސްކޮޓްލޭންޑުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ޔަޤީންކޮށްފި

މެކްޓޮމިނޭ ވަނީ ޑެންމާރކް ކޮޅަށް ބައިސްކަލް ކިކަކުން ގޯލެއް ކާމިޔާބުކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2025، 07:58

19 ނޮވެމްބަރު 2025، 07:58

27 އަހަރަށް ފަހު ސްކޮޓްލަންޑުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ޖާގައެއް ޔަޤީންކޮށްފިއެވެ.

އެ ޓީމުން ވޯލްޑް ކަޕުގެ ޖާގަ ޔަޤީންކުރީ، ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފަޔާރސް ގްރޫޕް-ސީގައި އިތުރު ވަގުތު ކާމިޔާބުކުރި ގޯލުތަކާއެކު، ޑެންމާރކް 4-2އިން ބަލިކޮށްގެންނެވެ.

މި މެޗަށް ނިކުތްއިރު ޑެންމާކަށް އޮތް އެންމެ ބޮޑު މާޔޫސްކަމަކަށްވީ، އާދިއްތަ ދުވަހު ބެލަރޫސްއާ ބައްދަލުކުރި މެޗުން 3 ޕޮއިންޓު ނުލިބުމެވެ. އެ މެޗު 2-2އިން އެއްވަރުވުމުން، ހަމަ އެ ދުވަހު ގްރީސްއިން 3-2އިން ސްކޮޓްލޭންޑު ބަލިކޮށްފައި ވަނިކޮށް، ޑެންމާކަށް ގްރޫޕްގެ އެއްވަނައިގައި ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ގެއްލުނީއެވެ. އެހެންނޫންނަމަ ސްކޮޓްލޭންޑު މެޗުން ބަލިވި ނަމަވެސް، ގޯލުގެ ތަފާތުން ޑެންމާކަށް ގްރޫޕްގެ އެއްވަނަ ލިބުމުގެ ފުރުސަތު ބޮޑުވީހެވެ.

ސްކޮޓްލަންޑުގެ ހެމްޕްޑެން ޕާރކްގައި އާންޑެންމާކްއާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކުރުމުން ސްކޮޓްލޭންޑަށް ވަނީ، 6 ފަހަރެއްގެ މަތިން ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް، 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބި، ފުރަތަމަ ފަހަރަށް އެންމެ ގިނަ ޤައުމުތަކާއެކު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

މެޗުގެ 3ވަނަ މިނެޓުގައި ސްކޮޓްލޭންޑަށް ލީޑު ނަގައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އެ ލީޑާއެކު މެޗުގެ ގިނަ ވަގުތުތަކެއް ހޭދަވިއިރު، ޑެންމާރކަށް ނަތީޖާ ހަމަހަމަ ކުރެވުނީ 57ވަނަ މިނެޓުގައި ރަސްމުސް ހޮއިލަންޑް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.

އޭގެ އިރުކޮޅެއް ފަހުން ޑެންމާރކްގެ ފަހަތަށް ކުޅޭ ކްރިސްޓެންސެންއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

އެއަށްފަހު ސްކޮޓްލޭންޑުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 78ވަނަ މިނެޓުގައި ލޯރެންސް ޝެންކްލޭންޑުގެ ގޯލަކުންނެވެ. ނަމަވެސް 4 މިނެޓުފަހުން ޕެޓްރިކް ޑޮރްގޫގެ ގޯލަކުން ޑެންމާކުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރިއެވެ.

ސްކޮޓްލެންޑުން ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކުރީ އިތުރު ވަގުތުގައި ކިއެރެން ޓިއޭނީ އާއި ކެނީ މެކްލީން ކާމިޔާބުކުރި ގޯލުތަކުންނެވެ.

ވޯލްޑް ކަޕުން ސީދާ ޖާގައެއް ނުލިބުނަސް، ޑެންމާކަށް އަދިވެސް ވޯލްޑް ކަޕްގެ ފުރުސަތު އެބައޮތެވެ. އެއީ ޕްލޭއޮފް ބުރުގައި ޔޫރަޕްގެ ކޮލިފައިން 12 ގްރޫޕްގެ ދެވަނައަށް ދިޔަ ޓީމުތަކަށް އޮތް 4 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން