ދުނިޔެ

ޖަޕާނުގެ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން ޗައިނާއިން އަނެއްކާވެސް ހުއްޓާލަނީ

ޖަޕާނުގެ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން ޗައިނާއިން އަނެއްކާވެސް ހުއްޓާލަނީ

ޖަޕާނާއި ޗައިނާގައި ރޯމަސް ބޭނުންކޮށްގެން އާންމުކޮށް ހަދާ ކާއެއްޗެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ނޮވެމްބަރު 2025، 04:07

19 ނޮވެމްބަރު 2025، 04:07

ޖަޕާނާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ މައްސަލަތައް ބޮޑުވުމާ ގުޅިގެން، ޖަޕާނުގެ ކަނޑުމަހުގެ ހުރިހާ ބާވަތްތަކެއް އެތެރެކުރުން ޗައިނާއިން އަނެއްކާވެސް ހުއްޓާލުމަށް ނިންމައިފިކަމަށް ޖަޕާނުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. 

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން.އެޗް.ކޭ 

އާއި ކިޔޯޑޯ ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓްކުރި ގޮތުގައި، މި ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން މަނާކުރުމުގެ ނިންމުން އައީ، މިމަހުގެ ކުރީކޮޅު ޗައިނާއިން އުފުލި އެތެރެކުރުމުގެ ދަތިކުރުމަށްފަހުއެވެ. މި ދަތިކުރުން ޗައިނާއިން 2023 ވަނަ އަހަރު އަޅާފައިވަނީ، ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުން ބޭރުކުރި ފަރުވާދީފައިވާ ރޭޑިއޯއެކްޓިވް ފެން ކަނޑަށް ދޫކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ކިޔޯޑޯ ނިއުސްއިން ބުނި ގޮތުގައި، ޗައިނާއިން ވަނީ ޖަޕާނަށް އަންގާފައިވާ ގޮތުގައި، މިފަހަރު އަލުން އެތެރެކުރުން މަނާކުރީ ފުކުޝިމާގެ ފެން ޕެސިފިކް ކަނޑަށް ދޫކުރުމުގެ މައްސަލަ އިތުރަށް ބަލަހައްޓަން ޖެހޭތީއެވެ. ނަމަވެސް، މި މަނާކުރުން އައިސްފައިމިވަނީ ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ބެއިޖިންގް އާއި ޓޯކިޔޯގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. 

ތަކައިޗީ ނޮވެމްބަރު 7 ގައި ޕާލިމެންޓްގައި ވިދާޅުވެފައިވަނީ، ޗައިނާއިން ތައިވާނަށް ޙަމަލާދީ ޖަޕާނުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެއީ ޓޯކިޔޯއިން އަސްކަރީ ރައްދެއް ދޭން ޖެހޭ މަދު ހާލަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ތަކައިޗީގެ މި ވާހަކަތަކަށް ޗައިނާގެ އޮފިޝަލުންނާއި ސަރުކާރު މީޑިއާއިން ވަރަށް ބޮޑަށް ފާޑުކިޔައި، އެކަމާ ގުޅިގެން ޖަޕާނުން ވަނީ ޗައިނާގައި ތިބޭ އެ ޤައުމުގެ ރައްޔިތުންނަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. ތަކައިޗީގެ ވާހަކަތަކަށްފަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އޮސާކާގައި ހުންނަ ޗައިނާގެ ކޮންސަލް ޖެނެރަލް ޝޫ ޖިއަން ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް އިޝާރާތްކޮށް، "އެ ނުތާހިރު ކަރު ކަނޑާލާނެ" ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ.

 މިހާރު ޑިލީޓްކޮށްފައިވާ މި ސޯޝަލް މީޑިއާ ޕޯސްޓާ ގުޅިގެން ޓޯކިޔޯއިން ވަނީ ޗައިނާގެ ސަފީރު ހާޒިރުކޮށްފައެވެ. އަދި ޗައިނާއިން ވަނީ ޗައިނާގެ ރައްޔިތުން ޖަޕާނަށް ދަތުރުނުކުރުމަށް އިރުޝާދު ދީފައިވާ އިރު، ތަކައިޗީ އެކަމަނާގެ ވާހަކަތައް އަނބުރާ ގެންދެވުމަށް އެދިފައިވެއެވެ. ނަމަވެސް ޓޯކިޔޯއިން ބުނީ އެ ވާހަކަތައް އެއީ ސަރުކާރުގެ މަޤާމާ އެއްގޮތް ވާހަކަތަކެއް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންމެ އިސް އޮފިޝަލް މަސާކީ ކަނާއީ ވަނީ އަންގާރަ ދުވަހު ބެއިޖިންގްގައި އެމަނިކުފާނުގެ ޗައިނާގެ ހަމަ މަޤާމުގެ ލިއު ޖިންސޮންގްއާ މަޝްވަރާކުރައްވާފައެވެ.

 ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، "މަޝްވަރާތަކުގައި، ތަކައިޗީގެ 'އޮޅުންބޮޅުން ބޮޑު ވާހަކަތަކާ' ގުޅިގެން ޗައިނާއިން ވަނީ ޖަޕާނަށް އަނެއްކާވެސް ވަރުގަދަ އިޙްތިޖާޖެއް ހުށަހަޅާފައި" ކަމަށެވެ. މާއޯ ވިދާޅުވީ "ތަކައިޗީގެ މި ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ ގުޅުންތަކުގައި އޮންނަ އަސާސީ މިންގަނޑުތަކާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަތަކުން ޗައިނާ-ޖަޕާނުގެ ގުޅުމުގެ ސިޔާސީ ބިންގަލަށް އަސާސީ ގޮތުން ގެއްލުން ލިބޭ" ކަމަށެވެ.

އަލްޖަޒީރާގެ ކެޓްރީނާ ޔޫ (ބެއިޖިންގްގައި ހުންނަވައިގެން ރިޕޯޓްކުރައްވަމުން) ވިދާޅުވީ، ކަނާއީ ބެއިޖިންގަށް ކުރެއްވި ދަތުރުފުޅަކީ، ތަކައިޗީގެ ވާހަކަތަކާ ހެދި ވެފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޖަޕާނުން ކުރި މަސައްކަތެއްގެ ގޮތުގައި ފެންނަ ކަމަށާއި، އަދި ޖަޕާނުގެ މަޤާމު، ޗައިނާއިން އަމިއްލަ ސަރަޙައްދެއްގެ ގޮތުގައި ދަޢުވާކުރާ މިނިވަންކަމާއެކު ހިންގަމުންދާ ތައިވާނާ މެދު ބަދަލުވެފައި ނުވާކަން ޗައިނާއަށް އަންގައިދިނުމުގެ މަސައްކަތެއް ކަމަށެވެ. 

ޔޫ ވިދާޅުވީ، "މި މަޝްވަރާތަކުން ވަކި ހާސިލްކުރެވުނު ކަމެއް ނެތް ކަމަށް ފެނޭ. ނަމަވެސް މި ދެ ޑިޕްލޮމެޓުން ބައްދަލުވުމަށްފަހު ވަކިވެގެންދިޔަ މަންޒަރުތައް ފެނުނުއިރު، އެމީހުންގެ 'ބޮޑީ ލެންގުއޭޖް' އިން އެކަން ވަރަށް ރަނގަޅަށް ހާމަކޮށްދޭ. ދެ ޑިޕްލޮމެޓުންގެ ފަރާތުންވެސް ވަރަށް ފިނިކަމުގެ އަސަރު ފެނިގެންދިޔަ" ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން