Ads by Stelco

ޚަބަރު

އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ޤާއިމްކޮށްފައިވާ ފާރޓިލިޓީ ކެއާ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ޤާއިމްކޮށްފައިވާ ފާރޓިލިޓީ ކެއާ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަންހެނަކާއި ފިރިހެނެއް މޫދަށް ބަލަން ހުއްޓިގެން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2025، 09:32

19 ނޮވެމްބަރު 2025، 09:32

ގުދުރަތީ ގޮތުން ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވެފައިވާ އަންހެން ފަރާތްތަކަށް ދޭ އައިވީއެފް ފަރުވާ ހޯދުމުގައި އެހީ ދިނުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްފައިވާ ފާރޓިލިޓީ ކެއާ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި މިއަދު ހުޅުވާލައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނޮވެންބަރު 20 ފެށިގެން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތަށް އެދި ސަރުކާރުގެ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

ފާރޓިލިޓީ ފަންޑުން މި އަހަރު އެހީތެރިވުމަށް ނިންމާފައިވަނީ 50 ދެމަފިރިއަކަށެވެ. މިދިޔަ އަހަރު 100 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލިއިރު، 93 ދެމަފިރިއަކަށް 7.1 މިލިއަން ރުފިޔާ އެ ފަންޑުން ވަނީ ހޭދަކޮށްފައެވެ. 

އެ ފަންޑުން އެހީދޭ އުސޫލުގައި ބުނާ ގޮތުން އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާނަމައެވެ. އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ ދެމަފިރިއަކަށް ވުން ވެސް އެއީ ޝަރުތެކެވެ. 

މީގެ އިތުރުން ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް އެހީ ދިނުމައި ބަލާ ކަމެކެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.

އައިވީއެފްގެ ފަރުވާ މިހާރު އައިޖީއެމްއެޗްއިން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން