ކުޅިވަރު / ޚަބަރު

ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ކ. ހިންމަަަފުށީ ފުޓްބޯޅަ ދަނޑު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ނޮވެމްބަރު 2025، 11:58

20 ނޮވެމްބަރު 2025، 11:58

ކ. ހިންމަފުށީގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތުގެ ދަށުން ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި، ރޭގަނޑުވެސް ކުޅެވޭނެ ގޮތަށް ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ދަނީ ހިންގަމުންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމަށް މަސައްކަތް ކުރަމުންދާ މަޝްރޫއެކެވެ. 4.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ކުޅިވަރު ވުޒާރާއިން އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހިންމަފުށީގެ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނާއި ކުޑަ ކުދިންގެ އުންމީދުތައް ގުޅިފައިވާ މި ދަނޑުގެ މަސައްކަތް ހަލުވި ދުވެލީގައި ނިމެމުން އަންނައިރު، އެ ދަނޑުގައި ވަނީ ވަށާފާރު ރާނާ ފެންވަރު ރަނގަޅު ޓާފެއްވެސް އަޅާފައެވެ. ފެންސް ޖަހާ ލައިޓް ހަރުކޮށް ނިމޭއިރު މި ދަނޑު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ރޭގަނޑާއި ދުވާލުވެސް ބޭނުން ކުރެވޭގޮތަށް ފުރިހަމަކޮށް ނިންމާ އެރަށުގެ ރައްޔިތުންނާއި ހަވާލުކުރެވޭ ދަނޑަކަށެވެ.

ކުޅިވަރު ޤާނޫނުގެ ދަށުން ހުރިހާ ކުޅިވަރެއް ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވެއެވެ. މިފަދަ ފުޓްބޯޅަ ދަނޑުތަކަކީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްފަދަ މުހިންމު މުބާރާތްތައް ބޭއްވުމަށް އެންމެ ބޭނުންތެރި ވަސީލަތްތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން