ޚަބަރު
އެކައުންޓިންގ ދާއިރާގައި ރާއްޖެ ބައިނަލްއަޤްވާމީ މަންޒިލަކަށް: އައި.ސީ.އޭ.އެމް އައި.އެފް.އޭ.ސީގެ މެމްބަރުކަން ހޯދައިފި
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އަދި އައި.ސީ.އޭ.އެމްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ މެމްބަރުކަމާއި ހަވާލުވުން ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ހާމަކުރި ގޮތުގައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައި.ސީ.އޭ.އެމް) އަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައި.އެފް.އޭ.ސީ) ގެ މެމްބަރުކަން ލިބިއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އަދި އައި.ސީ.އޭ.އެމްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ އަށް މި ކާމިޔާބީ ހޯދުމުން މަރުޙަބާ ކިޔައި، މިނިސްޓްރީން ވަނީ މި ކަމަކީ އެކައުންޓިންގ ދާއިރާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމާއި، އިންސާފުވެރިކަން ދެމެހެއްޓުމަށް އައި.ސީ.އޭ.އެމްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
ރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާވަމުންދާއިރު، ޚާއްޞަކޮށް މާލީ ޚިދުމަތްތަކުގެ ދާއިރާ ކުރިއަރަމުންދާއިރު، އެކައުންޓިންގ ދާއިރާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
1977 ވަނަ އަހަރު ޖަރުމަނުވިލާތުގެ މިއުނިކްގައި އުފެދުނު އައި.އެފް.އޭ.ސީ އަކީ މިހާރު 118 ޤައުމެއްގެ 155 މެމްބަރުން ހިމެނޭ، 2.5 މިލިއަނަށްވުރެ ގިނަ އެކައުންޓެންޓުން ތަމްސީލުކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އޮޑިޓިންގ، ކޮލިޓީ ކޮންޓްރޯލް، ތަޢުލީމު، ޕަބްލިކް ސެކްޓަރ އެކައުންޓިންގ އަދި ޕްރޮފެޝަނަލް އެކައުންޓެންޓުންގެ އަޚްލާޤީ މިންގަނޑުތައް ކަނޑައެޅުމުގެ މަސައްކަތް ކުރެއެވެ.
އައި.ސީ.އޭ.އެމް އައި.އެފް.އޭ.ސީގެ މެމްބަރަކަށްވުމާއެކު، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތާއީދުކުރުމާއި، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޕްރޮފެޝަނަލުން ތައްޔާރުކުރުމާއި، ދުނިޔޭގެ ފެންވަރުގައި އަޑުއުފުލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
<blockquote class="twitter-tweet"><p lang="en" dir="ltr">Congratulations to Auditor General Hussain Niyazy and @icammaldives President Mohamed Haleem Abdulla for obtaining <a href="https://twitter.com/IFAC?ref_src=twsrc%5Etfw">@IFAC</a> membership! This milestone strengthens ICAM’s dedication to upholding international standards, transparency, and integrity in the accounting profession. As the… <a href="https://t.co/ddFdZX5gtA">https://t.co/ddFdZX5gtA</a></p>— Ministry of Economic Development and Trade (@MoEDmv) <a href="https://twitter.com/MoEDmv/status/1854373170888990953?ref_src=twsrc%5Etfw">November 7, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>